A wide advertisement which will be shown on all devices. (700 x 100)

ޚިޔާލު ހޯދުމުގެ ޕޯލްއިން އެމްޑީޕީ ކެންޑިޑޭޓުން ބޮޑުތަނުން ކުރީގައި

ގިނަ ސަޕޯރޓަރުންތަކެއް ބައިވެރިވި މިހަރަކާތް

މިކަލް ނޫހުގެ ފޭސްބުކް ޕޭޖުގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ޕޯލްއިން ދައްކާގޮތުން ފުވައްމުލަކު ތިންދާއިރާވެސް ކުރީގައި އުޅެނީ އެމްޑީޕީއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ) އަށް މިޕޯލްގައި ބައިވެރިވި 79 އިންސައްތަ ތާއީދު ކުރިއިރު އަމިއްލަ ގޮތުން ވާދަކުރާ ޖޭޕީގެ މެންބަރު އަލީ ޝާހަށް ތާއީދު ކޮށްފައިވަނީ 21 އިންސައްތަ އެވެ. 267 ފަރާތަކުން ބައިވެރިވި އިރު މިދާއިރާގައި ވޯޓުލެވޭ އާބާދީއަކީ 3392 އެވެ.

ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު ހުސައިން މުހައްމަދަށް 84 އިންސައްތަ ތާއީދު ކުރިއިރު އެދާއިރާއިން ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން ޚާލިދަށް ތާއީދު ކޮށްފައިވަނީ 16 އިންސައްތައެވެ.

ދެކުނު ދާއިރާގެ ޕޯލްގައި އެކަށީގެންވާ މިންވަރަކަށް ބައިވެރިވެފައި ނުވިނަމަވެސް މިދާއިރާގެ ޕޯލްގައި ބައިވެރިވި ފަރާތްތަކުންވެސް ބުރަވެފައިވަނީ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު މުމްތާޒަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !