A wide advertisement which will be shown on all devices. (700 x 100)

ރައްޔިތުންގެ މަޖިލިސް ހާއްސަ ކަވަރޭޖް

ފުވައްމުލަކު ސިޓީގެ ތިން ދާއިރާވެސް ބޮޑު ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓުން ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ. ފުވައްމުލަކުގައި ބެހެއްޓުނު 13 ވޯޓު ފޮއްޓާއި މާލޭގައި ބެހެއްޓުނު 3 ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު ފުވައްމުލަކު އުތުރު ދާއިރާގެ ކެންޑިޑޭޓު މުހައްމަދު ރަޝީދު ދޮންބެ އަށް 434 ވޯޓުގެ ލީޑެއް ވަނީ ލިބިފައެވެ. މިއީ މިހާތަނަށް އެއްވެސް އެމްޑީޕީ ކެންޑިޑޭޓަކަށް މިދާއިރާއިން ލިބިފައިނުވާފަދަ ބޮޑު ލީޑެކެވެ.

މެދު ދާއިރާއަށް ބަލާލާއިރު އެމްޑީޕީ ކެންޑިޑޭޓް ހުސައިން މުހައްމަދަށް ވަނީ 298 ވޯޓުގެ ލީޑެއް ލިބިފައެވެ. އެހެންކަމުން، މިދާއިރާވެސް ފަސޭހަކަމާއިއެކު ހުސެއިން ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.

އަދި ދެކުނު ދާއިރާއަށް ބަލާލާއިރު އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު މުމްތާޒަށް ވަނީ 107 ވޯޓުގެ ލީޑެއް ލިބިފައެވެ. މިއީ މިދާއިރާއިން އެމްޑީޕީ ކެންޑިޑޭޓަކު ކުރި ހޯދު ފުރަތަމަ ފަހަރެވެ.

މިތަފާތު ނަތީޖާތަކާއިއެކު އެމްޑީޕީ މެމްބަރުން ދަނީ އުފާފާޅުކަމުންނެވެ.

ވަގުތީ ނަތީޖާ:

ފުވައްމުލަކު އުތުރު ދާއިރާ: ދަޑިމަގު ވޯޓު ފޮށި

  1. އަލީ ޝާހު – އަމިއްލަ. 430 ވޯޓު
  2. ހަސަން އަބްދުﷲ – އަމިއްލަ، 5 ވޯޓު
  3. މުހައްމަދު ރަޝީދު (ދޮންބެ) އެމްޑީޕީ 228 ވޯޓު

ބާތިލު: 7 ވޯޓު، ޖުމްލަ: 670 ވޯޓު

ފުވައްމުލަކު އުތުރު ދާއިރާ: ދިގުވާނޑު ވޯޓު ފޮށި

  1. އަލީ ޝާހު – އަމިއްލަ. 207 ވޯޓު
  2. ހަސަން އަބްދުﷲ – އަމިއްލަ، 4 ވޯޓު
  3. މުހައްމަދު ރަޝީދު (ދޮންބެ) އެމްޑީޕީ 311 ވޯޓު

ބާތިލު: 16 ވޯޓު، ޖުމްލަ: 538 ވޯޓު

ފުވައްމުލަކު އުތުރު ދާއިރާ: ހޯދަޑު ވޯޓު ފޮށި

  1. އަލީ ޝާހު – އަމިއްލަ. 135 ވޯޓު
  2. ހަސަން އަބްދުﷲ – އަމިއްލަ، 8 ވޯޓު
  3. މުހައްމަދު ރަޝީދު (ދޮންބެ) އެމްޑީޕީ 507 ވޯޓު

ބާތިލު: 8 ވޯޓު، ޖުމްލަ: 658 ވޯޓު

ފުވައްމުލަކު އުތުރު ދާއިރާ: މާލެ 1 ވޯޓު ފޮށި

  1. އަލީ ޝާހު – އަމިއްލަ. 240 ވޯޓު
  2. ހަސަން އަބްދުﷲ – އަމިއްލަ، 13 ވޯޓު
  3. މުހައްމަދު ރަޝީދު (ދޮންބެ) އެމްޑީޕީ 400 ވޯޓު

ބާތިލު: 16 ވޯޓު، ޖުމްލަ: 669 ވޯޓު

ފުވައްމުލަކު އުތުރު ދާއިރާ: ކ.ކޮށްދިއްޕަރު ވޯޓު ފޮށި (ޖުމްލަ 2)

  1. އަލީ ޝާހު – އަމިއްލަ. 0 ވޯޓު
  2. ހަސަން އަބްދުﷲ – އަމިއްލަ، 0 ވޯޓު
  3. މުހައްމަދު ރަޝީދު (ދޮންބެ) އެމްޑީޕީ 2 ވޯޓު

ބާތިލު: 0 ވޯޓު، ޖުމްލަ: 2 ވޯޓު

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !