A wide advertisement which will be shown on all devices. (700 x 100)

ރައީސް ނަޝީދު ރާއްޖެ އަންނާނެ. ނޭގެނީ އަންނާނެ ދުވަހެއް

ކުރީގެ ރައީސް ނަޝީދު މިއަދު ޔޫކޭގައި ނޫސްވެރިންނާިއ ވާހަކަ ދައްކަވަނީ. ފޮޓޯ. އިބްރާހިމް ސައީދު

ދައުލަތުން ބޭސްފަރުވާއަށް ރަތް ޕާސްޕޯޓާއެކު އިނގިރޭސި ވިލާތަށް ފޮނުވާލާފައިވާ ކުރީގެ ރައީސް މުހަންމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މިއަދު ލަންޑަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެއްޖެއެވެ. ނަމަވެސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ކޮން ދުވަހަކު ކަން ދަންނަވަން ނޭގޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީނުގެ ބައިނަލް އަގުވާމީ ގާނޫނީ ޓީމުން ބޭއްވި އެބައްދަލުވުމުގައި ރައީސް ނަޝީދުގެ ބަންދާއި ގުޅޭ ގޮތުުން ގާނޫނީ ވަލީލުން ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވިއެވެ. އަދި އދ. ގެ ވޯކިން ގުރޫޕުން ރައީސް ނަޝީދު ދޫކޮށްލަން ނިންމި ނިންމުމަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެގޮތުން ނެރުނު އެންމެ ސާފު އޮޅުން ކުޑަ ނިންމުންކަން ގާނޫނީ ވަކީލު ޖެރާޑް ޖެންސް މީޑީއާއަށް ވިދާޅުވިއެވެ. 

އަދި އެމައްސަލާއިގައި ދިވެހި ސަރުކާރުން ބޭރުގެ ގާނޫނީ ވަކީލުން މެދުވެރިކުރައްވައި 129 ސަފުހާގެ ބަޔާނެއް ރައީސް ނަޝީދާއި ދެކޮޅަށް ހުށަހެޅުއްވި އިރު އޭގައި ހިމެނުނު އެއްވެސް ކަމަކީ ބަލައިގަނެވޭ ވަރުގެ ހަރުދަނާ ކަމެއް ހުރި ކަމެއް ނޫންކަމަށާއި ރައީސް ނަޝީދު ބަންދުކޮށްފައި ހުރީ ބައިނަލް އަގުވާމީ ގާނޫނުތަކާ ވެސް ޚިލާފަށް ކަމަށް އދ.ގެ ވޯކިން ގުރޫޕުން ނިންމީ ކަމަށެވެ. އަދި ރައީސް ނަޝީދު ވަގުތުން ދޫކޮށްލާ ބަދަލު ދިނުމަށް ވެސް ވޯކިން ގުރޫޕުން ދިވެހި ސަރުކާރަށް ވަނީ އަންގާފައި ކަމަށް މީޑިއާއަށް ހާމަކުރި އެވެ. ނަމަވެސް ދިވެހ ސަރުކާރުން އެކަން ގަބޫލު ނުކުރުމުންނާއި، އީޔޫގެ ޕާލެމެންޓްރީ ގްރޫޕުގެ ގަރާރަށް އެއްބާރުލުން ނުދިނުމުން، އެމައްސަލާގައި ދިވެހި ސަރުކާރުގައި ހިމެނޭ 130 ފަރާތަކާއި ސަރުކާރަށް ވާގިވެރިވާ 30 ހަކަށް ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން “ޓާރގެޓެޑް ސެންކްޝްން” އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިނގިރޭސި ސަރުކާރަކާއި އީޔޫ އަދި އެމެރިކާ ސަރުކާރަށް މިހާރު އެލިސްޓް ހުށަހަޅާފައި ވާކަމަށް ވިދާޅުވިއެވެ. 

ސަރުކާރުން ގޮތް ދޫނުކޮށްފިނަމަ އެގައުމުތަކުން ފިޔަވަޅު އަޅާނެ ކަމަށް މިބައްދަލުވުމުގައި ވާހަކަ ދެއްކެވި އާމާލު ކުލޫނީ ވިދާޅުވިއެވެ. އަދި މިފަދަ ދަތި ކުރުމުގެ ފިޔަވަޅެއް އެންމެ ފަހުން އަޅާފައިވަނީ ބިލާރުސް ގެ ސަރުކާރާއި ދެކޮޅަށް ކަމަށާއި އަދި އެސަރުކާރަށް ވެސް ޖެހުނީ އިދިކޮޅު މީހުން ބަންދުން ދޫކުރުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ބެރު އެކަރުްނތްތައް ފަރިޒް ކުރުމާއި ޔޫރަޕާއި އެމެރިކާގެ ގައުމުތަކަށް ދަތރު ނުކުރެވޭ ގޮތަސް ފިޔަވަޅު އެޅުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރުން ވެސް ސިޔާސީ ހައްޔަރީންނާއި ސިޔާސީ ދައުވާ ކުރާ 2000 ހާއި ގާތްކުރާ އަދަދަކަށް މީހުން ތިބި ކަމަށް އެނޫސް ކޮންފަރެންސްގައި ފާހަނގަ ކުރިއެވެ. އެއިގެ ތެރޭގައި 2 ނާއިބު ރައީސުންނާއި 2 ޑިފެންސް މިނިސްޓަރުންގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޑިމޮކްރަސީ އަށް ދިމާވެފައިވާ މައްސަލަ އަދި ނުނިމޭ ކަމަށާއި އެކަމާއިގެން ކުރިޔަށް ދާނެ ކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ. ބައެއް އެހެން ގައުމު ތަކެކޭ އެއްއގޮތަށް ރައީސް ޔާމީނުގެ ސަރުކާރުން ވެސް “ޓރެރެރިޒަމް” ތަފާތު ގޮތަކަށް މާނަކޮށް ދައުވާކުރަނީ ސިޔާސީ ވިސްނުމެއްގައި ކަން ހާމަވާކަމަށް ވިދާޅުވިއެވެ. 

ދިވެހި ސަރުކާރުން އދ.ގެ ވޯކިން ގުރޫޕުގެ މައްސަލަ ސަރުކާރާއި ދެކޮޅަށް ނިންމުމުނ އަލުން ސަރުކާރުން އެމައްސަލ އެޕީލް ކުރިކަމަށް ވެސް ޖެރާޑް ޖެންސް ވިދާޅު ވިއެވެ. ނަމަވެސް މިހާރު އެމަސައްލަ ބަލައި ނުގެން ބޭރުކޮށްފައި ވުމުން ހާމަވަނީ އދ.ގެ ވޯކިން ގުރޫޕުގެ އެނިންމުމަށް ދެން އެއްވެސް ބަދަލެއް ނާންނާނެ ކަން، ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭނާ ބަންދުގައި ވީ ދުވަސްތަކުގައި އޭނާ ސަލާމަތް ކުރެއްވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި އެންމެހާ ފަރާތްކަަށް ޝުކުރު ދަންނަވާ ކަމަށާއި، އޭނާ ސަލާމަތް ކުރުމުގެ އެންމެހާ ކަންތައްތައް ކުރިޔަށް ދިޔައީ އަނބިކަނބަލުން ލައިލާގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !