17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އަތުލައިގެންފައިވާ މަސްތުވާތަކެއްޗާއި ފައިސާތަކެއް. ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއި އެކު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ފުވައްމުލަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސް ޕެޓީ ދެ ކޮތަޅާއެކު ދެ މީހަކު ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 41 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ކަމަށާއި މި ދެ މީހުންނަކީވެސް ދިވެހިންނެވެ. އަދި މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ޕޮލިސް އިންޓެލިޖެންސާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އައްނަ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

“މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހުން ބަލައި ފާސް ކުރިއިރު އެމީހުންގެ ތެރެއިން އެކެއްގެ ބޮކްސާ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސް ޕެޓީ ދެ ކޮތަޅާއި 2450 ރުފިޔާ އާއި 400 ޑޮލަރާއި 12450 އިންޑިއަން ރުޕީސް ފެނިފައިވޭ އަދި މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ޢުމުރުން 29 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރިކޯޑްސް އޮއްނަ މީހެއް” ފުލުހުން ވިދާޅުވިއެވެ.

ފުވައްމުލަކުގައި ދޭތެރެ ދޭތެރެއިން މަސްތުވާތަކެއްޗާއި އެކު މީހުން ހައްޔަރުކުރަމުން ގެންދެއެވެ. ނަމަވެސް ޝަރޮއީ މަރުހަލާގެ ތެރެއިން އަދަބު ލިބިފައިވަނީ މަދު ބަޔަކަށްކަން ގިނަ ބަޔަކު ފާހަނގަ ކުރެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު