A wide advertisement which will be shown on all devices. (700 x 100)

އެލައިޑް އިން ކައްޓެޅި ބޭނުމުގެ އަގުބޮޑު މުބާރާތެއް ބާއްވަނީ

ހަމައެކަނި ފުވައްމުލަކުގައި ބާނާ މަހެއްކަމަށް މަޝްހޫރުވެފައިވާ ކައްޓެޅި

ފުވައްމުލަކުގެ މަސްވެރިންނަށް އަމާޒުކޮށްގެން އެލައިޑް އިންޝުއަރެންސް އިން ކައްޓެޅި ބޭނުމުގެ އަގުބޮޑު މުބާރާތެއް އަންނަމަހު ބާއްވާނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

ކައްޓެޅި މުބާރާތުގެ މައުލޫމާތު މީޑިއާ ދެއްވަމުން އެކުންފުނިން ވިދާޅުވީ ކައްޓެޅި ފޯރީގެ ނަމުގައި ބާއްވާ މުބާރާތް އޮންނާނީ އަންނަމަހު 19 ގައި ކަމަށާއި މުބާރާތުގައި ބައިވެރިކުރާނީ އެންމެ ފުރަތަމަ ބައިވެރިވުމަށް އެދޭ 12 ޓީމްކަމަށެވެ. އަދި މިމުބާރާތަކީ އޮޑިދޯނި ފަހަރަށް ޚާއްސަކޮށްގެން އެކުންފުނިން ތައާރަފްކޮށްފައިވާ “ހަލް އިންޝުއަރެންސް” ސްކީމަށް އޮޑިވެރިން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ މުބާރާތެއްކަމަށެވެ.

“މުބާރާތުގެ އެއްވަނަ ޓީމަކަށް 20000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 10000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވަނީ، އަދި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާނީ އަންނަމަހު 10 ގައި” އެލައިޑް އިން ވިދާޅުވިއެވެ.

ކައްޓެޅި އަކީ ހަމައެކަނި ފުވައްމުލަކުގައި ބާނާ މަހެއްކަމަށް މަޝްހޫރުވެފައިވާ މަހެކެވެ.

ކައްޓެޅި އާއި ބެހޭގޮތުން ފުވައްމުލަކު ސަމާ ފާރޫގް އަހްމަދު ލިޔުއްވާފައިވާ ތާރީޚީ ލިޔުމެއް : “އިބުރާހީމާ މަށަށް އެއްކައްޓެޅީގެ ލޯ”

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !