A wide advertisement which will be shown on all devices. (700 x 100)

މިއަދުގެ “ހިތްފަސޭހަ” ޕްރޮގްރާމު ފުވައްމުލަކުން

މިއަދުގެ ހިތްފަސޭހަ ޕްރޮގުރާމުގައި ފުވައްމުލަކު ކައްޓެޅި ބޭނުމާ ގުޅޭ މައުލޫމާތު، ޝަމްމޫނު ހުށަހަޅާ ދެނީ

ޓީވީ މޯލްޑިވްސް އިން މިއަދު ހުކުރަށްފަހު ގެނެސްދިން “ހިތްފަސޭހަ ޕްރޮގްރާމު ގެނެސްދީފައި ވަނީ ފުވައްމުލަކުންނެވެ. ކުރިން ރިކޯޑުކޮށްގެން ގެނެސްދިން މިޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ގެނެސްދީފައި ވަނީ ފުވައްމުލަކުގައި ބާނާ “ކައްޓެޅިގެ މައުލޫމާތެވެ. 

ޓީވީއެމްގެ ޕްރޮޑިއުސަރ އަދި ޕްރެސެނޓަރ ޝަމްއޫނު ހުށަހަޅައި ދިން މިޕްރޮގްރާމުގައި އަންނަ މަހު 19ގައި އެލައިޑުން ފުވައްމުލަކުގައި ބާއްވުމަށް ތައްޔާރުވަމުންއަންނަ “ކައްޓެޅި ބޭނުމުގެ މުބާރާތުގެ” މައުލޫމާމާތު ވެސް ގެނެސްދީފައިވެއެވެ.

ފުވައްމުލަކުގައި ގިނަ ދުވަސްތަކެއް ވަންދެން ކައްޓެޅި ބޭނުމުގައި ހަރަކާތްތެރިވަމުން އަންނަ ކެޔޮޅު، ފިނިރޯޅި ސައީދުބެ ވަނީ މިޕްރޮގްރާމުގައި ކައްޓެޅި ބޭނުމުގެ މަސަކަތަށް އައިސްފައިވާ ބަދަލުތަކާއި ކުރީގައި އެކަން ކުރި ގޮތުގެ މައުލޫމާތު ކިޔައިދީފައެވެ. މައުލޫމާތު ލިބޭ ގޮތުން މިއީ މިހާތަނަށް، މިހާ ތަފުސީލު ގޮތެއްގައި ފުވައްމުލަކުގައި ކައްޓެޅި ބާނާ ގޮތް ރަސްމީ ސިފައެއްގައި ކިޔާދެވުނު ފުރަތަމަ ފަހަރެވެ. 

މިހާރު ކައްޓެޅި ބޭނުމުގެ ކަންތައް ހިގާގޮތް ކިޔައިދެމުން ސައީދުބެ ބުންޏެވެ. “އިރުވައި މޫސުމަށް މި ގަންނަނީ. އައްޑުއާއި ވީ (ހުޅަނގު ދެކުނު) ފަޅިން. 15 ވަރަކަށް އެތި (ކައްޓެޅި) ބޭނޭ އިރަށް އެވީ ނައްޓާލަން. ދެން ހަމަ އެކަތިގަނޑު ނައްޓާލާއިރަށް އެންމެން ހަމަ ރާސްލާފައި އަތުވެދާނެ. އެކަހަލަ ގޮތަކަށް މިހާރު ކަންތައް ދަނީ”. 

ކައްޓެޅި ބާނަނީ ގާތްގަޑަކަށް 120 (ހަތަރު ބޮޅު ކަންވާރު) މީޓަރާއި 180 (ހަ ބޮޅު ކަންވާރު) މީޓަރު ފުނުންނެވެ. އަދި އާއްމުކޮށް ކައްޓެޅި ބާނަން ދާ 20 ވަރަކަށް ބޮއްކުރާ މިރަށުގައި އޮންނަ ކަމަށް ވެސް ސައީދުބެ ބުއްޏެވެ. މީގެ އިތުރުން ކައްޓެޅި މޫސުމުގައި ކުދި އިންޖީނު ދޯންނިތައް ވެސް ކައްޓެޅި ބާނަން ދާކަމަށް ބުންނެވެ. 

ކުރީގައި ކައްޓެޅި ބޭނުމަށް ކަންވާރު އަޑިއަށް ފައްތަން ގާ ބޭނުންކުރި ކަމުގައި ވިޔަސް މިހާރު ބޭނުން ކުރަނީ ބޭރުން އެތެރެކޮށްފައި ހުންނަ ތިމަރަ ބަރިއެވެ. އަދި ކުރީގައި ފަލި ޖަހާފައި ދިޔަ ކުމުގައި ވެސް މިހާރު ބޭނުން ކުރަނީ ކުދި އިންޖޭނެވެ. ނަމވެސް ކައްޓެޅި ބާނަން މަޑުކޮށްގެން ތިބޭ އިރު ތިބޭނީ އިންޖީނުވަސް ނިއްވާލައިގެން ކަމަށް ވެއެވެ. ހަވީރު ކައްޓެޅިއަށް ގޮސްފައި ރޭގައޑު 8-9 ޖަހާއިރު މިހާރު ލަފާނެއެވެ. ނަމަވެސް ކުރިން އިރުއޮއްސޭއިރު ގޮސްފައި އަންނަނީ ދަންވަރު ކަމަށް ވެއެވެ.

ރަށުގެ ވަށައިގެން އެކިހިސާބުތަކަށް ބޮއކުރާ މަޑުކޮށްގެން ތިބެ، ބުޅީގައި އެންމަސް ޖަހައިގެން، ކަންވާރު އަޑިއަށް ފައްތައި ކައްޓެޅި ގަނޭތޯ އެކި ހިސާބު ބަލަމުން ދާނީއެވެ. އެގޮތަށް ގޮސް ގަންނަ ހިސާބަކާއި ދިމާވުމުން ދެން އެހިސާބެއްގައި ބާނަން ތިބެނީކަމަށް ސައީދުބޭ ކިޔައި ދިނެވެ. މއި ކުރިންވެސް އަދި މިޙާރުވެސް ކައްޓެޅި ބާނަން ދާމީހުން ކަންތައް ކުރާ ގޮތް ކަމަށް ވެއެވެ. 

ކައްޓެޅި މަސް ފުވައްމުލަކަށް ޚާއްސަވީ ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި މިމަސްވެރިކަން ނުކުރާތީއެވެ. އަދި ފުވައްމުލަކުގެ ބައެއް ޟިހުން އެހެން ރަށްރަށުގެ ފަޅުތަކާއި ފަރުތަކުން ކައްޓެޅި މަސް ބޭނޭތޯ މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށް ރިޒޯޓްތަކުގައި ކޮންސްޓްރަކްޝަން މަސައްކަތުގައި ތިބެފައި ދޭތެރެ ދޭތެރެއިން މަހަށްދާ 3 ޒުވާނަކު ކުރިން ބުނެފައި ވެއެވެ.

ގުޅޭ ލިޔުންތައް: 

އެލައިޑް އިން ކައްޓެޅި ބޭނުމުގެ އަގުބޮޑު މުބާރާތެއް ބާއްވަނީ

“އިބުރާހީމާ މަށަށް އެއްކައްޓެޅީގެ ލޯ”

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !