17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މީހަކު ވޮލެޓްގެ ގޮތުގައި ފަރުގާލު ފޮއްޓެއް ބޭނުން ކުރަަނީ ... - ފޮޓޯ : ފޭސްބުކް

ރަންދިހަ ފަހެއް ނޫޓް ސީރީސް ލުމަށް އެންމެ ފައްކާ ވޮލެޓަކީ ފަރުގާލު ފޮށި؟

ރަންދިހަ ފަހެއް ނޫޓް ސީރީސް އަކީ ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ނޫޓް ސީރީސް އެކެވެ . 33 އަހަރު ވަންދެން ދިވެހިން ގުޅުނު ކަރުދާސް ނޫޓް އާއި ހިލާފަށް ރަންދިހަ ނޫޓް ސީރީސްގެ ނޫޓްތަށް ވޮލެޓަށްލާއިރު ފަތްޖަހާފައި ނޫޓްތައް ވޮލެޓަށް ނުލުވޭނެ އެވެ .

ދިވެހިންގެ ގިނަ ބަޔަކު ބޭނުން ކުރަނީ މެދުން ފަށްޖަހާލެވޭ ގޮތަށް ހުންނަ ވޮލެޓެވެ. އާ ނޫޓް ސީރީސް އާއި އެކު ބައެއް މީހުން ވަނީ ދިގުކޮށް ހުންނަށް ވޮލެޓަށް ބަދަލުކޮއްފައެވެ.

މަޖަލަކަށް ނަމަވެސް ވޮލެޓްގެ ބަދަލުގައި ސޫކްލް ކުދިން ގެންގުޅޭ ދަނގަޑު ފަރުގާލު ފޮށި ގެންގުޅެން ބައެއް މީހުން މިހާރު ވަނީ ފަށާފައިއެވެ. އެމީހުން ދެކޭގޮތުގައި ރަންދިހަ ފަހެއް ނޫޓް ސީރީސް އެންމެ ރަތްކާތެރިކަމާއި އެކު ގެންގުޅެވޭނީ ފަރުގާލު ފޮއްޓެގައި އެވެ . “ފަރުގާލު ވޮލެޓް” ގެ މަގްބޫލްކަން ބޮޑުވެ،ފަރުގާލު ފޮއްޓަށް ފައިސާލުމަށް ފަހު ނަގާފައިވާ ފޮޓޯތަށް ސޯޝަލް މީޑިއާގައި މިދަނީ ދައުރުވަމުންނެވެ.

ވޮލެޓްގެ ގޮތުގައި ފަރުގާލު ފޮށި ބައެއް މީހުން ބޭނުންކުރަން ފަށާފައިވާ އިރު މިދިޔަ އަހަރު ޑެސިމްބަރ މަހުގެ ތެރޭގައި އެމްއެމްއޭއިން ވަނީ އެ އޮތޯރިޓީން ދައްކާ ޑިޒައިނަކާ އެއްގޮތަށް ރަންދިހަފަހެއް ނޫޓު ސީރީޒަށް ވޮލެޓްތަކެއް ހެދުމަށް ޝަގުވެރިވާ ފަރާތްތަކެއް ހޯދުމަށް އިއުލާންކޮއްފައި އެވެ . ރަންދިހަ ފަހެއް ނޫޓް ސީރީސް އަންމުންނާއި ހަމައަށް އައިރި، އެމެއެމްއޭ އިން ރަންދިހަފަހެއް ނޫޓް ސީރީސް އަށް ޙާއްސަކޮއްގެން ހެދުމަށް ހަމަޖެހިފައިވާ ވޮލެޓް އަންމުނާއި ހަމައަށް އައިސްފައެ ނުވެއެވެ.

އެމްއެމް އޭ އިން ރަންދިހަ ފަހެއް ނޫޓް ސީރީސް އަށް ޙާއްސަކޮއް ގެން ތައްޔާރު ކުރަން ބުނި ވޮލެޓް އަކީ ފަރުގާލު ފޮށިކަމަށް މަޖާޒީ ގޮތެއްގައި ބައެއް ރައްޔިތުން ބުނަމުންގެންދެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު