23 މެއި 2019 ( ބުރާސްފަތި )

banner

ނަރުދަމާ ނިޒާމްގެ ޕަމްޕު ސްޓޭޝަން ބަހައްޓާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަނީ

ފުވައްމުލަކުގައި ގާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ ޕަމްޕު ސްޓޭޝަން ބަހައްޓާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތެއް ހޯދުމަށް ފުނާޑު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ފުނާޑު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފެނާއި ނަރުދަމާ ނިޒާމްގެ ޕަމްޕު ސްޓޭޝަން ގާއިމްކުރާ ސަރަހައްދުކަމަށްވާ ފުނާޑު އަވަށު ހާންޖެއެޅެމަގާއި ކުނިކޮށިއާއި ދެމެދު އޮތް ބިމުގައި ހުރި ރުއްގަހުގެ ތެރެއިން 101 އިން 614 އަށް ނަންބަރު ޖަހާފައިވާ ރުއްގަހާއި 1001 އިން 1027 އަށް ނަންބަރު ޖަހާފައިވާ ފުނަގަހުގެ ވެރިފަރާތެއް ވާނަމަ 05 ފެބްރުއަރީ 2016 ގެ ކުރިން އެކައުންސިލަށް އެންގުމަށެވެ.

ފުވައްމުލަކުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އަންނަ އެޕްރީލް މަހުގެ ތެރޭގައި ފެއްޓުމަށް ތައްޔާރުވަމުންދާކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު