16 ޖޫޏް 2019 ( އާދީއްތަ )

ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން

ފުވައްމުލައް ސިޓީ ސާފުކުރުން ކުރުމުގައި ގިނަ މުއައްސަސާތަކުން ބައިވެރިވި

ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅުވަިއގެން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިްނ ފުވައްމުލަކު ހޮސްޕިޓަލުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތް ވަރަށް ކާމިޔާބު ކަމާއެކު މިއަދު ކުރިޔަށް ގެންގޮސް ންގޮސްފައވާކަމަށް މިކަލް ނޫހުގެ ރިޕޯރޓަރ އަހުމަދު އިބުރާހިމް މައުލޫމާތު ދެއެވެ. މިއަދުގެ ބައި ނިމުނު ކަމުގައި ވިޔަސް މިއީ ސިލްސިލާކޮށް  މިއޭޕްރީލް މަހުގެ ތެރޭގައި ކުރިޔަށ ގެންދެވޭނެ ހަރަކާތެއްކަމަށް ވެއެވެ.

މިއަދުގެ ސާފުރުމުގައި ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހަރަކާތްތެރިވަނީ

މިއަދުގެ ސާފުކުރުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ހެނދުނު ފުވައްމުލަކު ހޮސްޕިޓަލް ކައިރިއަށް ހާޒިރުވި އެންމެން 5 ގްރޫޕަށް ބަހާލައިގެން ރަށުގެ އެކި ހިސަބުން އެއެއްފަހަރާ ސާފުކުރަން ފަށައިގެންނެވެ. އެގޮތުން އެއް ގްރޫޕު ރަށުގެ ހުޅަނގު ދެކުނު ކޮޅުން ކްރިކެޓް ސްޓޭޑިއަމާއި ދިމާލުން ސާފުކުރަން ފެށިއިރު އެހެން ގްރޫޕްތަކުން ދެކުނު ފަރާތުން ބަނޑަހަލް ފަންނާއި ހުޅަނދު ދެކުނުން ދަޑުމަގު އެމްޖޭއެމް ހިސާބު ސާފުކުރަމުން ދިޔައެވެ.

މިއަދުގެ ސާފުރުމުގައި އާއްމުންނާއި ސްކޫލް ކުދިން ހަރަކާތްތެރިވަނީ

މިއަދުގެ ސާފުކުރުމުގެ ހަރަކާތުގައި ފުވައްމުލަކުގެ ސްކޫލްތަކާއި ފުވައްމުލަކު ސިޓީ ކައުންސިލާއި އަލަށް މަޖުލިހަށް ހޮވުނު މެމްބަރުންނާއި، ފުވައްމުލަކުގެ ހުރި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާ ތަކާއި އަމިއްލަ ފަރުދުންވެސް ބައިވެރިވެފައިވެއެވެ.

މިއަދުގެ ސާފުކުރުމުގައި ސިޓީގެ މޭޔަރު ވެސް ބައިވެރިވެ ވަޑައިގަތް

ކުނީގެ ގޮތުގައި އެންމެ ގިނައިން މިއަދު އެއްކޮށްފައިވަ ވަނީ ކުޑަކުދިން ޖަހާ ނެޕީ ކަމަށް ސާފުކުރުމުގައި ހަރަކާތްތެރިވި މީހަކު މައުލުމާތު ދިނެއެވެ.

މިއަދު ގެ ސާފުކުރުމުގެ ޕްރޮގްރާމް ނިމުމާއެކު ވެމްކޯއިން ވަނީ ޖަމާކުރެވުނު ކުނިތައް ކުނިމެނޭޖް ކުރާ ސަރަހައްދަށް ގެންގޮސްފައެވެ. ކުރީ ފަހަރަކު އެކުރެވުނު ކުނި ގިނަ ދުވަސްތަކެއް ވަންދެން ނުގެންގޮސް ހުރުމުގެ ޝަކުވާ އާއްމު ފަރުދުން ކޮށްފައިވެއެވ. ނަމަވެސް މިއަދު ކުނިތައް ޖަމާކުރެވުމާއި އެކު ވެމްކޯއިން ކުނިގެން ދިއުމުން އެކަން ފާހަގަކޮށް ސާފުކުރުމުގައި ހަރަކާތްތެރިވި ފަރާތްކުން ތައުރީކުރިއެވެ.މިހަރަކާތް ދެން ކުރިޔަށް ގެދޭވޭނޭ ދުވަހެއް ފަހުން އިއުލާން ކުރެވޭނޭ ކަމަށް ވެއެވެ.

މިއަދުގެ ސާފުރުމުގެ ހަރަކާތުގެ ތެރެއިން

މިއީ މަދިރީީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކަށް އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށާއި މަދިރީގެ ޒަރީއްޔާއިން ބަލިފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އަމާޒު ކުރެވިގެން ހިންގޭ ހަރަކާތެކެވެ.



ކިޔުންތެރިންގެ ޚިޔާލު