14 ޑިސެމްބަރ 2019 ( ހޮނިހިރު )

މަޑިއާއި ކަނޑުތަކުގެ ދިރުމާއި ގުޅޭ މައުލޫމާތު ސުކޫލުތަކުގެ ދަރިވަރުންނަށް ދީފި

ފުވައްމުލަކު ސިޓީގެ ސުކޫލުތަކުގެ ދަރިވަރުންނަށް ފުވައްމުލަކުގެ މޫދުގެ ދިރުންތަކާއި ޚާއްސަކޮށް މަޑިއާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ. މިސެޝަން އިންތިޒާމުކޮށްފައި ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއްކަމަށްވާ މަންތާ ރޭ އާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެނެވެ. މި ސެޝަނުގައި ފުވައްމުލަކުގެ ސުކޫލުތަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ. މިސެޝަނުގައި މަޑިތަކާއި މޫދުގެ އެހެނިހެން ދިރުންތަކާއި މިދިރުންތައް ރައްކާތެރި ކުރާނެ ގޮތާއި ބެހޭ ގިނަ މައުލޫމާތުތަކެއް ފޯރުކޮށް ދެވުނެވެ.

މަންތާ ޓްރަސްޓަކީ އިގިރޭސިވިލާތުގައި ރަޖިސްޓްވެފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޗެރިޓީއެކެވެ. 2011 ވަނައަހަރު އުފެދިފައިވާ ޖަމާއަތުން މޫދުގެ ދިރުންތަކާއި ޚާއްސަކޮށް މަޑިތަކާއި ގުޅޭ މައުލޫމާތު އާންމުންނާއި ދަރިވަރުން ފޯރުކޮށްދެއެވެ. ސައިންސްވެރިންނާއި މެރިން ބައިލޮޖިސްޓުން ހިމެނޭ މިޖަމާއަތުގެ މަގްސަދަކީ މޫދުގެ ދިރުންތައް ރައްކާތެރިކުރުމެވެ.


ކިޔުންތެރިންގެ ޚިޔާލު