A wide advertisement which will be shown on all devices. (700 x 100)

މަގު ހެދުމުގައި ސިޓީ ކައުންސިލާއި ސަރުކާރުގެ ވާހަކަ ދިމައެއް ނުވޭ!

ފުވައްމުލަކު ވަށައިގެން ހެދުމަށް ހަމަޖެހިފައިވާ ރިންގްރޯޑްގެ މަސައްކަތާ ބެހޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު މީޑިއާގައި ދައްކާފައި ހުރިވާހަކަތަކާއި، ސަރުކާރުން އިދާރާތަކުން އަދި މި ޕްރޮޖެކްޓްގެ ހިންގުމުގައި ސަރުކާރުން އިސްކޮށް އުޅުއްވާ ފަރާތްތަކުން ލިބުނު މައުލޫމާތުތަކާއި ބޮޑެތި ފުށު އެރުންތަކެއް ހުރިކަމަށް ފާހަގަ ކުރެވިއްޖެއެވެ.

އޮންލައިން ނޫހަކަށް މޭޔަރު ފަލާހް ދީފައިވާ އިންޓަރވިއުއެއްގައި ވިދާޅުވީ މަގުގެ ޑިޒައިނަށާއި މަގުގެ ފެން ހިންދާ ނިޒާމަށް ބަދަލުތަކެއް ގެންނަން ރައްޔިތުން ބޭނުންވާ ކަމަށެވެ. އެކަން އެގޮތަށް އޮތްވާ ރައްޔިތުންނާ މަޝްވަރާ ކުރުމެއްނެތި، މަސައްކަތް ފެށުމަށް ނިންމައި ރަސްމިއްޔާތު ބާއްވަން ތައްޔާރުވުމަށް ސަރުކާރުން އަންގާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ނަމަވެސް، މަގު ހެދުމުގައި ހުރި މައްސަލަތަކާއި މެދު ސަރުކާރުން ފުވައްމުލަކު ސިޓީ ކައުންސިލާއި ވަރަށް ގާތުން މަޝްވަރާ ކުރެވިފައިވާ ކަން، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ހިއްސާ ކުރި މައުލޫމާތު ތަކުން ކަށަވަރުވެއެވެ. މިކަން ކުރުމުގައި ކައުންސިލާއި މަޝްވަރާތަކެއް ކުރުމުގެ އިތުރުން، އިންޖިނިއަރިންގ ޓީމެއްވެސް ފުވައްމުލަކަށް ގޮސް މަސައްކަތް ކޮށްފައިވެއެވެ.

ޑިޒައިނަށް ގެންނަން ކައުންސިލް ނުވަތަ ރައްޔިތުންނަށް ފެންނަ ބަދަލުތައް ބަލައި، އެ ހުރިހާ ކަމެއް ހިއްސާ ކޮށްދިނުމަށް ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި  ކައުންސިލާއި މަޝްވަރާ ކުރެވިފައިވެއެވެ. މަގު ހެދުމާ ގުޅޭ ގޮތުން ފުވައްމުލަކަށް ދިޔަ އިންޖިނިއަރިން ޓީމަށްވެސް ޑިޒައިނަށް ގެންނަން ބޭނުންވާ ބަދަލު ތައް ހުށަހަޅައި މަޝްވަރާ ކުރުމުގެ ފުރުސަތު އޮތެވެ.  

ނަމަވެސް، މަގުތައް ހެދުމުގައި ރައްޔިތުންގެ މަޝްވަރާ ސަރުކާރުން ނުހޯދާ ކަމަށް ކައުންސިލުން ވިދާޅުވާއިރު، ރައްޔިތުންގެ މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދުމަށް ކައުސިލުން މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިކަމަށް ކަމެއް ނޭނގެއެވެ.

ޕްލޭނިންގް މިިނިސްޓްރީ އާއި ގުޅުމަށް ދަތިތަކެއް ހުރި ކަމަށާއި އަދި އެއްވެސް އަޅާލުމެއް އެ މިނިސްޓްރީ އިން ނުދޭ ކަމަށާއި ސަރުކާރުގެ މިނިސްޓްރީ ތަކުން އަހައްމިއްޔަތު ކަމެއް މިކަމަށް ނުދޭ ކަމަށް ފަލާހު ވިދާޅުވެފައިވެއެވެ. އަދި ، ޑިޒައިންނަށް ގެނައި ބަދަލުތައް ނޭނގޭ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

ސަރުކާރުގެ މިނިސްޓްރީތައް ގުޅުމުގައި ލަސްވެ ދަތިތައް އުޅޭ ކަމުގެ ވާހަކަ އަކީ ރާއްޖޭގައި ކުރިންސުރެވެސް އާންމު ވާހަކައެކެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި ފުވައްމުލަކު މަގުހެދުމުގެ މަސައްކަތުގައި، މިނިސްޓަރު ލެވެލް އިން ފެށިގެން ސަރުކާރުގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނާ ގުޅައި މަޝްވަރާ ކުރުމުގެ ފުރުސަތު އޮތީ އެމްޑީޕީ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލަށް ހުޅުވިފައެވެ.

“ކައުންސިލަށް ނޭގޭ އެއްވެސް މައުލޫމާތެއް، ރައީސް ސޯލިހު ވިދާޅުވެފައިވަނީ ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ރައްޔިތުންގެ މަޝްވަރާ އާއި އެކު ކުރިއަށް ގެންދިއުމަށް، އެކަމަކު އަދިވެސް މި ފެންނަނީ ފިނި ކޮޓަރީގައި ތިބެ ކަންކަން ނިންމާލައި، ރަސްމިއްޔާތު ބާއްވަން ކައުންސިލަށް އަންގާތަން، މީ ނޫން ރައްޔިތުން އެދޭ ގޮތަކީ، މިއީ ރައްޔިތުން ބަދަލު ކުރަން ވޯޓު ދިން ސަބަބަކީ”  ފަލާހް ވިދާޅުވިއެވެ.

ނަމަވެސް، މަގު ހެދުމުގެ ކަންތައްތަކުގައި ސިޓީ ކައުންސިލް ފޭލް ވެފައިވާ ކަމަށާއި، މިނިސްޓްރީ އަށް އެއްވެސް ކަމެއް ކަނޑާލުމުގެ ޖާގައެއް ނޯންނާނެ ކަމަށް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު،  ޚާލިސް ޝަރީފް ފޭސްބްގައި ވިދާޅުވެފައިވެއެވެ.

ޒަމާނަށް ނުފެތޭ ގޮތަށް ފަރުމާ ކުރެވި، މަގުހެދުމުގެ އަމަލީ ބައެއް މަސައްކަތްތައް މިދިޔަ ސަރުކާރުން ހިންގައި، ގިނަ އަދަދެއްގެ ފުނަގަސް ރަށުން ބޭރަށް ގެންދަމުން ދިޔައިރު، ރައްޔިތުންގެ ފަރާތުން ކައުންސިލުން ނަގަންޖެހޭ ސްޓޭންޑް ތައް ނުނަގާ ކަމަށް ބުނެ އެއިރު ފާޑު ކިޔުން އަމާޒު ވެފައިވެއެވެ.

ކުރީ ސަރުކާރުން ޕްރޮޖެކްތައް ހިންގާފައިވަނީ ކައުންސިލްގެ ދައުރަށް ބެލުމެއްނެތި، ސީދާ މިނިސްޓްރީ އިން ބޭނުންވާ ގޮތަށެވެ. ކައުންސިލް ތަކުގެ ބާރުތައް ހަނިކޮށްފައި ވަނިކޮށް، ކައުންސިލްތަކަށް ބާރުތައް އިއާދަކޮށް މޭޔަރާއި ސިޓީ ކައުންސިލަރުންގެ މުސާރަށް އަށް ބޮޑު ބަދަލެއް މި ސަރުކާރުން ގެނެސްފައިވެއެވެ. ކައުންސިލްތައް ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ މުހިއްމު އެއް ވައުދެއްވެސް މެއެވެ.

ސިޓީ ތަކުގައި ހިންގޭ ޕްރޮޖެކްޓް ތަކާމެދު ރައްޔިތުންގެ ހުރި ޝަކުވާތައް ދެނެގަނެ، ވަގުތު ފާއިތު ވުމުގެ ކުރިން  ދުރާލާ، ސަރުކާރާ ހިއްސާ ކުރުމުގައި ކައުންސިލް ގެ ޒިންމާ އާއި ދައުރު މިހާރު ވަނީ ބޮޑުވެފައެވެ. ކުރިން ކުރި ގޮތަށް ހުރިހާ ކަމެއް ސަރުކާރަށް ދޫކޮށްލައިފި ނަމަ، ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގައި ރައްޔިތުން އެދޭ ކުލަ ނުޖެހި ހުރުން އެކަށީގެންވެއެވެ.

އެހެންކަމުން، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ފުވައްމުލަކު ސިޓީގެ ރިންގުރޯޑުގެ ޑިޒައިނަކީ ކޮބައިކަމެއް ނުވަތަ ރައްޔިތުން ބޭނުންވާ ގޮތަށް މިމަގު ޑިޒައިން ނުކުރެވިވަނީ ކޮންބައެއްގެ އިހުމާލުންކަމެއް ސާފެއްނޫނެވެ. ނަމަވެސް، މިމަޝްރޫއު ދަށުން އެމްޓީސީސީ އާއި ހަވާލުކުރެވިފައިވަނީ 2.7 ކިލޯ މީޓަރުގައި ތާރުއަޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހެދުމަށްކަމަށް މީޑިއާތަކުން ވަނީ ކުރިން ރިޕޯޓްކޮށްފައެވެ. މިމައުލޫމާތުންވެސް މަގުގައި ވަނީ ކިތައް ލޭންކަމެއް ސާފެއްނުވެއެވެ. އަދި ހިގާމީހުންނަށް ޚާއްސަ ދުވާރެއް މި މަޝްރޫއުގައި ހިމެނިފައިވާ މަސައްކަތުގެ ތެރޭގައި ރިޕޯޓްކޮށްފައެއްނުވެއެވެ. މިހާރުވެސް ދުވާރުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ކަސްރަތަށް ހިގާ ފަރާތްތައްވެސް ބޭނުންކުރަން ޖެހެނީ ވެހިކަލް ދުއްވާ ލޭން ކަމަށްވުމުން ހިތާމަވެރި ހާދިސާތައް ހިގާ އެކެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢަޝްރަފް....

    މަގު ނުހެދިގެން ތިއުޅެނީ ރަށްޔިތުން ބަދަލް ގެނަން ބޭނުންވާތީނޫން. މޭޔަރް އެކަން ކުރަން ބޭނުން ނުވެގެން ތިއުޅެނީ. ފުވައްމުލަކު މަގު ހެދުމެއްނޫން އެހެން ކަންތަށްވެސް ނުވާނެ ތި މޭޔަރް ހުރި ހިންދަކު….ފުވައްމުލަކަށް އައީ ކޮން ކުރިއެރުމެށް ތިބުނާ މޭޔަރުގެ 5 އަހަރުގަ…..

  • ބޮންދު

    ސިޓި ކައުންސިލަށް ހޮވަންވީ ޒިންމާދާރު ތަންދޮރު ރޯފިލާފަ ތިބި ހަރު މީހުން.

  • ޝިޢާ

    ބައްލަވާ! ތި މޭޔަރު ………… އޮފީހަށް ނިކުންނަވަންވެސް ވަގުތު ނުވާކަމަށް އަޑު އިވޭ. އެހެންވީއިރު ކިހިނެއްތޯ އެބޭފުޅާއާއި މަޝްވަރާކުރެވޭނީ. އޮފީހުގައި ކަންހިންގާނުހިނގާ ގޮތް އެބޭފުޅާއަށް އެނގިވަޑައިގަންނަވާނީ އޮފީހަށް ދުރުވާން ވަގުތުވެގެން ނޫންތޯ! ފުވައްމުލަކުގެ މަގުތަކުގެ ޙާލަތު ބައްލަވާ އެކަމަށް ޙައްލު ހޯދަން އެއްވެސް މަސައްކަތެއް ނުކުރައްވާކަމީ މުޅި ފުވައްމުލައް ހެކިވާނޭ ކަމެއް. ވޯޓް ލާ މޫސުން ކައިރިވުމުން ހޮރުން ނިކުމެގެން އެކަހަލަ މޮޅު ބަޔާން ދިނުމުން އަމިއްލައަށް ސޯޓް ބޭލޭނީ.