ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ރިޔަލުގައި ދަތުރު ކުރަމުންދާ އަބްދުލްޢަފޫރު (ގައްބެ) މިއަދު ހަވީރު ފުވައްމުލަކަށް އަންނާނެއެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވީ ގައްބެ މިއަދު ފުވައްމުލަކަށް ލަފާނީ ތުނޑިއަށްކަމަށާއި، ގައްބެ އަށް މަރުހަބާ ކިޔުމަށް ވީހާވެސް ގިނަ ބަޔަކު ހަވީރު 4:00 އަށް ތުނޑިއަށް ދިޔުމަށް އެދޭކަމަށެވެ.
ގައްބެވަނީ ރާއްޖޭގެ އެންމެ ބޮޑު ކަނޑު ކަމަށްވާ ހުވަދޫ ކަނޑު 11 ގަޑިއިރު ތެރޭ ހުރަސްކޮށްފައެވެ. ގައްބެ ދަތުރުކުރަނީ ކަޓަމަރާނެއްގައި ރިޔަލުގައެވެ. ކަނޑަށް ފަރިތަ ގައްބެ މީގެ ކުރިން ކަޓަމަރާނެއްގައި ސީޝެލްއާއި މަޑަގަސްކަރައަށްވެސް ދަތުރުކޮށްފައިވެއެވެ.
ގައްބެ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ކުރާ ދަތުރުގައި ހުރިހާ ރަށަކުންވެސް ބޮޑު ތަރުހީބެއް ލިބެއެވެ. އަދި ގައްބެ ދަތުރުކުރާ ރަށްތަކުގައި ހުންނަ އާސާރީތަންތަނާއި ބެހޭ ޑޮކިއުމެންޓްރީއެއްވެސް ތައްޔާރުކުރަމުން ގެންދެއެވެ.
ޚިޔާލުތައް