A wide advertisement which will be shown on all devices. (700 x 100)

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ރޯދަމަހަށް ހެޔޮކޮށްފި

ރޯދަމަހާއި ގުޅުވައިގެން އެތެރޭގެ އުދުހުންތަކުގެ އަގު މޯލްޑިވިއަން އިން ހެޔޮކޮށްފިއެވެ. އަންނަ މަހުގެ 5 އިން ފެށިގެން 28 ހަމައަށް ކުރާ ދަތުރުތަކަށް މޯލްޑިވިއަންގެ ރޯދަމަހުގެ ޚާއްސައަގުގައި ޓިކެޓް ލިބޭނެއެވެ. ގައުމީ އެއާލައިން އިން ހެޔޮކުރި އަގާއިއެކު ފުވައްމުލަކުގެ ދެކޮޅު ޓިކެޓްގެ އަގަކީ -/1544 އެވެ. އާސަރުކާރު ހަވާލުވުމާއިއެކު މިދިޔަ ޖެނުއަރީ މަހު އާންމު ކުރި އަގުގައިވާ ގޮތުން ފުވައްމުލައް މާލެ ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ -/1698 ރުފިޔާއާއި -/2598 ރުފިޔާއާއި ދެމެދުގައެވެ.

ރޯދަމަހަށް މޯލްޑިވިއަންގެ ޚާއްސަ އަގުތަކަކީ، ދަރަވަންދޫ: 999ރ ކުޑަހުވަދޫ: 1388ރ އިފުރު، 1338ރ، ހަނިމާދޫ 1477ރ، ތިމަރަފުށި 1477ރ، ކައްދޫ 1477ރ، ކޫއްޑޫ 1515ރ، ކާނޑޭއްދޫ 1515ރ، ގަން 1544ރ އަދި ފުވައްމުލައް 1544ރ އެވެ،

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !