A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އަތޮޅު ކައުންސިލާއި ފިސްޑާއިން ދަތުރުވެރިޔާ ގައްބެއަށް ޚާއްސަ މަރުޙަބާއެއް

ގައްބެގެ ކަތަމަރާނު މިއަދު ހަވީރު ފުވައްމުލަކަށް ބީއްސާލައިފި. ފޮޓޯ: ރައްޔިތު މުޖޭ. އެފްބީ

ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ރިޔަލުގައި ދަތުރު ކުރަމުންދާ އަބްދުލްޢަފޫރު (ގައްބެ) މިއަދު ހަވީރު ފުވައްމުލަކަށް ލެފުމުން އަތޮޅު ކައުންސިލާއި ފިސްޑާއިން ގައްބެއަށް ވަރަށް ޚާއްސަ މަރުހަބާއެއް ކިޔައިފިއެވެ. ފުވައްމުލަކު ތުނޑިއަށް ގައްބެގެ ކަތަމަރާން ބީއްސާލުމާއެކު އެވަގުތު ތުނޑިއަށް އެއްވެ ތިބި އެންމެން ހެން ދިޔައީ އުފަލުން ފޮޅިގެންނެވެ.

އަތޮޅު ކައުންސިލުން ގައްބެ ރިސީވުކޮށް ގައްބެއަށް ފުވައްމުލަކުގެ މީރު ކުރުނބާ ބުއިމެއް އެރުވިއެވެ. އަދި ފުވައްމުލަކުގައި ހަރަކާތްތެރިވާ އަމއިްލަ ޖަމްއިއްޔާއެއް ފިސްޑާ އިން ގައްބެއަށް، ފުވައްމުލަކަށް ޚައްސަ ބާވަތްތައް ހިމަނައިގެން ސަގާފީ މުޅޯއްޓެއްގައި ހަދިޔާ ދީފައެވެ.

ގިނަ ބަޔަކު އެއްވެ، ތުނޑީގައި ކުރިޔަށް ގެންދިޔަ މަރުހަބާ ކިޔުމަކީ ގައްބެގެ ޓީމުގެ އިތުރުން ފުވައްމުލަކުގެ ގިނަ ރައްޔިތުންނަށް ވެސް ހިނިތުންވުމާއި އުފާވެރިަކން ގެނެސްދިން ކަމެވެ. އެގޮތުން ގައްބެ އާއެކު ގިނަ ބަޔަކު ފޮޓޯ ނަގާފައި ވެއެވެ. ކޮންމެ މީހަކުވެސް ގައްބެއާއެކު ވަކި ފޮޓޯއެއް ނެގުމަށް އެދެމުން ދިޔަ ނަމަވެސް ގިނަ މީހުންނަށް ހިތް ހަމަޖައްސާލަން ޖެހުނީ ގްރޫޕު ފޮޓޯއަކުންނެވެ.

“މިހުރީ ވަރަށް އުފަލުން. ގައްބެ އާއި ބައްދަލުވެ ވަކިން ފޮޓޯ ނެގުނީތީ. ގައްބެ ވަރުބަލިކަމުން ގިނަ މީހުން ވަކި ފޮޓޯއެއް ނުވެސް ލިބުނު.” ގައްބެ ރިސީވުކުރަން ތުނޑިއަށް ދިޔަ ޒުވާން އަންހެނަކު ބުންޏެވެ.

ގައްބެގެ ދަތުރަށް އެހީތެރިވުމުގެ ގޮތުން އަތޮޅު ކައުންސިލުން އެކޮމެޑޭޝަނާއި ތާރީޚީ ތަންތަނުގެ ޑޮކިއުމެންޓްރީ ނެގުމުގައި ވަރަށް ފުރިހަމަ އެހީތެރިކަމެއް ދެމުންދާ ކަމަށް އަތޮޅު ކައުންސިލްގެ ރައީސް ފަލާޙު ޝަރީފު މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ.

ގައްބެގެ ދަތުރާއި ގުޅިގެން ފުވައްމުލަކުގައި އިތުރު ކަންތައްތަކެއް އިންތިޒާމު ކުރަމުން އަންނަ ކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ. 

ގައްބެ ފުަވައްމުލަކުން އައްޑުއަށް ދިއުމަށް ފުރާނީ މަދަމާ މެންދުރުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !