17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ގައްބެގެ ކަތަމާރާނު ފުވައްމުލަކު ތުނޑީގައި. ގައްބެ ކައްޓެޅި ދައްކާލަނީ. ފޮޓޯ ނިޖާހު

ދަތުރުވެރިޔާ ގައްބެއަށް ފުވައްމުލަކުގެ ޚާއްސަ ކައްޓެޅި ފަރިއްކޮޅެއް ދީފި

ކަތަމަރާނުގައި ރާއްޖެ ވަށައި ބުރެއްޖެހުމަށް މިހާރު ދަތުރު ކުރަމުންދާ އަބްދުލްޢަފޫރު (ގައްބެ)އަށް ފުވައްމުލަކުން ޚާއްސަ ކައްޓެޅި ފަރިއްކޮޅެއް ދިނުން މިރޭ ބަނދަރު ސަރަޙައްދުގައި ބާއްވާފިއެވެ.

އަތޮޅު ކައުންސިލްގެ ރައީސް ފަލާޙު ޝަރީފު ވިދާޅުވީ މިރޭ ދިން ކައްޓެެޅި ފަރިއްކޮޅަކީ ގައްބެގެ ޓީމު ފުވައްމުލަކަށް އައުމުގެ ޝަރަފުގައި ފުވައްމުލަކުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ދިން ކައްޓެޅި ފަރީއްކޮޅެއް ކަމަށެވެ.

މީގެ އިތުރުން ގައްބެގެ ޓީމުން ތައްޔާރުކުރާ ޑޮކިއުމެންޓްރީގައި، ހަމައެކަނި ފުވައްމުލަކުގައި ބާނާ މަހެއް ކަމުގައިވާ ކައްޓެޅި އާއި ގުޅޭ ގޮތުން  މައުލޫމާތު ހިމެނުމުގެ މަސައްކަތް ވެސް މިރޭ ކުރިޔަށް ގެންގޮސްފައި ވެއެވެ. 

ގައްބެގެ ޑޮކިއުމެންޓްރީގައި ފުވައްމުލަކު ތުނޑިއާއި، ހަވިއްތަ ފަދަ ފުވައްމުލަކުގެ ތާރީޚީ ތަންތަން ހިމަނާގޮތަށް އިންތިޒާމުތައް ހަަމޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ރައީސްފަލާޙު ވިދާޅުވިއެވެ.

މީގެ އިތުރުން ގައްބެއަކީ “ހައިކިން” އަށް ވެސް ޝައުގުވެރިކަން ހުންނަ ފަރާއްތަކަށް ވާތީ މާދަމާ ހެނދުނުގެ ވަގުތުގައި މިރަށުގެ ކުޅި ސަރަހައްދުގައި ހައިކު ކުރުމަށް ވެސް ހަމަޖެހިފައި ވާކަމަށް ވިދާޅުވިއެވެ.

މިރޭ ގައްބެ ވަނީ ފުވައްމުލަކު ކައްޓެޅި ބާނައިގެން ލަފާ ބަނދަރު ސަރަހައްދަށް ގޮސް ކައްޓެޅި ބާނަންދާ ކެޔޮޅަކާއި ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވާފައެވެ. އަދި މަސް މާރުކޭޓުގައި ކައްޓެޅި މަސް ނަގައި ބަލާ ދައްކާ ހަދާފައި ވެއެވެ.

ގުޅޭ ލިޔުން:

ފުވައްމުލަކު އަތޮޅު ކައުންސިލާއި ފިސްޑާއިން ދަތުރުވެރިޔާ ގައްބެއަށް ޚާއްސަ މަރުޙަބާއެއް

ގައްބެ މިއަދު ފުވައްމުލަކަށް އަންނަނީ

“އިބުރާހީމާ މަށަށް އެއްކައްޓެޅީގެ ލޯ”

banner

ކިޔުންތެރިންގެ ޚިޔާލު