16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާގެ ޓީމް އާއި ތޫނޑު ޖަމްމިއްޔާގެ ޓީމް . ފޮޓޯ ފާއިދު

އަތޮޅު މުބާރާތުގެ ދެވަނަ މެޗް ބޮޑު ތަފާތަކުން ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއަށް

އަތޮޅު މުބާރާތުގެ ދެވަނަ މެޗް ތޫނޑު ޖަމްމިއްޔާ އާއި ބައްދަލުކޮށް 7-1 އިން ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މެޗަކީ ދަނޑިމަގު އަވަށަށް ނިސްބަތްވާ ދެ ޓީމެވެ. ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއިން މިމެޗްގައި މޮޅުކުޅުމެއް ދައްކާފައިވާއިރު އެ އަވަށުގެ ތޫނޑު ޖަމްމިއްޔާގެ ޓީމްވެސްވަނީ ވާދަވެރިކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ގޯލެއްވެސް ކާމިޔާބުކުރިއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިޔަކީ މިމެޗްގައި ހެޓްރިކެއް ހެދި ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ ހަސަން ސޯދިގުއެވެ. މިއަދު ބައްދަލުކުރާނީ ފުނާޑު ޔޫތު އެސޯސިއޭޝަން އާއި ހޯދަޑު އަވަށުގެ ފުވައްމުލަކު ޔޫތު ރިލޭޝަން އެވެ. މިއީ ގުރޫޕް ބީގެ މެޗެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު