A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ ޑެޕިއުޓީ ޕްރިންސިޕަލް ޒިދުނާ އެމްޖޭއެމަށް

ޒިދުނާ އަލުން އެމްޖޭއެމްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމަށް މިއަދު ހަމަޖައްސައިފި

ހާފިޒު އަހުމަދު ސްކޫލް (ހޭޒް) ގެ ޑެޕިއުޓީ ޕްރިންސިޕަލް ޒިދުނާ ވަހީދު އެމްޖޭއެމް އަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަދަލުކޮށްފިއެވެ. ޒިދުނާ އެމްޖޭއެމަށް ބަދަލުވީ އެސްކޫލްގައި އަލަށް އުފެދުނު ޑެޕީއުޓީ ޕްރިންސިޕަލް ގެމަގާމަކަށެވެ. މިއާއެކު ޒިދުނާ ކުރިން ހުރި ހޭޒްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ހުސްވެގެން ދިޔައީއެވެ.

އެޑިއުކޭޝަނުން މިދިޔަ އަހަރު އަމަލުކުރަން ފެށި އުސޫލުގެ ދަށުން 500 އިން ދަށުގެ ދަރިވަރުންގެ އާބާދީ ހިމެނޭ ސްކޫލްތަކުގައި ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމެއް ނޯވެއެވެ. އެއާއެކު އެމްޖޭއެމްގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު އުނިވެގެން ދިޔައެވެ. ނަމަވެސް މިއަހަރުން ފެށިގެން ޕްރައިމަރީ ސްކޫލްތަކަށް ޕްރީސްކޫލުގައި ހިމެނޭ ކޭޖީ ކްލާސްތައް ބަދަލުވުމާއެކު އެމްޖޭއެމްގެ އާބާދީ 500 ވުރެ މަތިވެ ޑެޕިއުޓީ ޕްރިންސިޕަލްގެ އައު މަގާމެއް އުފެދުނީއެވެ. އަދި ކުރިންވެސް އެސްކޫލުގައި ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި އުޅުއްވި ޒިދުނާ އެދުނީ އެމްޖޭއެމަށް ބަދަލުވުމަށް ކަމަށް އިތުބާރުހުރި ފަރާތަކުން މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.

ކުރިން އެމްޖޭއެމްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު އުވުނު އިރުވެސް އެމަގާމުގައި ހުންނެވި އެއްބޭފުޅަކީ ޒިދުނާ ވަހީދު އެވެ. ޒިދުނާ އެފަހަރު ބަދަލުވީ ހޭޒްގައި އޮތް ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށެވެ. 

ހޭޒްގެ ޑެޕިއުޓީގެ މަގާމަކީ ވަރަށް ވާދަވެރި މަގާމެއްކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ހޭޒްގެ ބެލެނިވަރިއަކު ބުންޏެވެ. އަދި މިފަހަރުވެސް އެމަގާމަށް ފާރަލައިގެން ތިބި މީހުން ތިބި ކަމަށް އެނާ ބުންޏެވެ.

މިދިޔަ އަހަރު ސްކޫލްތަކުގެ އިސްމަގާމުތަކުގެ ސްޓްރަކްޗަރަށް ގެނެވުނު ބަދަލާއެކު، ސްކޫލްތަކުގައި ނިސްބަތުން ގިނަ އަދަދަކަށް ތިބި ޑެޕިއުޓީ ޕްރިންސިޕަލުން ގެ މަގާމު ގެއްލި ވަޒީފާއިން ވަކިވެގެން ދިޔައެވެ. އެގޮތުން ފުވައްމުލަކުގެ އެކިސްކޫލުތަކުން ވެސް 10 ވަރަކަށް މީހުންގެ ވަޒީފާ ގެއްލުނު ކަމަށް ވެއެވެ. އެއިގެ ތެރެއިން ބައެއް މީހުންގެ ވަޒީފާ އިދާރީ ވަޒީފާއަކަށް ބަދަލުވިއިރު ބައެއް މީހުން އަމިއްލައަށް ރިޓަޔަރ ވެސް ކުރިއެވެ. އަދި ބައެއް މީހުން ރަށްުން ބޭރުގެ ވަޒީފާތަކަށް ވެސް ދިޔައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !