19 މެއި 2019 ( އާދީއްތަ )

banner

އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތް: އޭއީސީ ބަލިކޮށް ހޭޒު ޓޭބަލްގެ އެއްވަނައަށް

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުން ހާފިޒު އަހުމަދު ސުކޫލް މޮޅުވެ ޓޭބަލްގެ އެއްވަނައަށް ޖެހިލައިފިއެވެ. ހާފިޒު އަހުމަދު ސްކޫލް އިއްޔެ މޮޅުވެފައިވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒާއި ވާދަކޮށް 1-0 ލަޑުންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ ހާފިޒު އަހުމަދު ސްކޫލުގެ ޖާޒީ ނަމްބަރު 9 އަލްހިމް ޝަރީފެވެ.

މިމުބާރާތުގެ މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހާފިޒު އަހުމަދު ސްކޫލް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައިވާއިރު ޏ. އަތޮޅު ތައުލީމީ މަރުކަޒު ވަނީ އެއްމެޗުން މޮޅުވެ އެއްމެޗުން ބަލިވުމުގެ ސަބަބުން ދެވަނަ މަގާމަށް ސޮއްސާލާފައެވެ.

މިމުބާރާތުގެ ހަތަރުވަނަ މެޗުގައި މިއަދު ހަވީރު މުހައްމަދު ޖަމާލުއްދީން ސްކޫލް ނިކުންނާނީ ފުވައްމުލަކު ސުކޫލާއި ދެކޮޅަށެވެ. މިއަދު ގެ މެޗުން ފުވައްމުލަކު ސުކޫލް މޮޅުވެއްޖެނަމަ އެސްކޫލް ޕޮއިންޓް ޓޭބަލްގެ އެއްވަނަ އަށް ދިއުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މިމެޗު ފެށެނީ މިއަދު ހަވީރު 4.30 ގައެވެ.

މިމުބާރާތަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާޓް ކުރިއަށް ދާނީ މިމަހު 26 ގެ ނިޔަލަށެވެ.

banner


ކިޔުންތެރިންގެ ޚިޔާލު