24 މާރިޗު 2019 ( އާދީއްތަ )

banner

މިއަދު މާލޭގެ މަގުމައްޗަށް އެޅި ޑޮލަރު ގޮތަށް ހަދާފައިވާ ކަރުދާސް އަދި ޖޫރިމައިނާގެ ސްލިޕް

މާލޭގެ މަގުމައްޗަށް ކުނިއަޅައިގެން ފުރަތަމަފަހަރަށް ސްލިޕް ދީފި

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ގ.ދޫވެހި ކުރިމައްޗަށް ޑޮލަރުގޮތަށް ރައީސް ޔާމީނުގެ ފޮޓޯ ހިމަނައިގެން ތައްޔާރުކޮށްފައިވާ ކަރުދާސްތަކެއް މިއަދު އަޅައިގެން މަޚުލޫފާއި އީވާއަށް އީޕީއޭ (އެންވަޔަރމެނޓް ޕްރޮޓެކްޝަން އޭޖެންސީ) އަސް ހާޒިރުވުމަށް ސްލިޕް ހަވާލުކޮށްފިއެވެ. ގިނަ ބައެއްގެ ސަމާލުކަން މިއަދު ހުއްޓިގެން ދިޔަ ރައީސްގެ ގެކޮޅު ކުރިމައްޗަށް ކަރުދާސް އެޅުމުގެ މިހަރަކާތަކީ އަލަށް ރާއްޖޭގައި ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ކަންތައްކުރި ގޮތެކެވެ.
މަޚުލޫފު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި އެއީ މިހާރު ރާއްޖޭގައި ދެކެވޭ ކޮރަޕްޝަންގެ މައްސަލާގައި ރައީސް ޔާމީނާއި އަނބިކަބަލުންނަށް ނިސްބަތްކޮށް ކުރެވޭ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ރައީސާއި އަނބިކަބަލުންލުންނާއި މެދު ހިތްމަހަނުޖެހުން ފާޅުކުުމުގެ ގޮތުން ކުރި ކަމެއްކަމަށެވެ. މިއަމަލާއި އެކު އީވާ އަދި މަޚުލޫފަށް ވަނީ ކުނި މެނޭޖްކުރުމާއި ގުޅޭ ގާނޫނުގެ ދަށުން ޖޫރިމައިނާ ކުރުމަށް ސްލިޕް ހަވާލުކޮށްފައެވެ. މިއީ އަލަށް މިފަދަ ގޮތަކަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން އަމަލުރި ގޮތެއް ކަމަށް ވެއެވެ. އެހެނީ އަދި މިހާތަނަށް އެފަދަ ގޮތަކަށް ޖޫރިމައިނާގެ ސްލިޕް ދީފައިވާކަން އެގެން ނެތުމުންނެވެ.
އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ (13) ވަނަ މާއްދާގައި ވާގޮތުން މަގުމަތި ހަޑިވާގޮތަށް މަގުމައްޗަށް ނުވަތަ މަގުމަތީގައި ބަހައްޓާފައި ހުންނަ އެއްޗެއްސަށް ކުނި އުކުމަކީ އަދަބު ލިބޭނެ ކަމެއްކަމަށް ވެއެވެ. އަދި މިކަމުގެ އަދަބަކީ 5 ރުފިޔާއަާއި 500 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމައިނާ ކުރުމެވެ.

banner

ކިޔުންތެރިންގެ ޚިޔާލު