22 ޖުލައި 2019 ( ހޯމަ )

ފުވައްމުލަކަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓުން ތެޔޮ ލީކުވުމުގެ ސަބަބުން ދަތުރު ޑިލޭވެފައި

މިއަދު މެންދުރު ފުވައްމުލަކަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓުން ތެޔޮ ލީކުވުމުގެ ސަބަބުން މޯލްޑިއަންގެ ފުވައްމުލަކު ދަތުރަށް ބުރޫ އަރައިފިއެވެ. މިއަދު މެންދުރުފަހު 1.20 ހާއިރު ފުވައްމުލަކަށް ޖެއްސި މޯލްޑިވިއަންގެ ފްލައިޓް އަދިވެސް އޮތީ ފުވައްމުލަކު އެއާޕޯޓުގައި ކަމަށާއި އެބޯޓު ނުފުރިވަނީ އެބޯޓުން ތެޔޮ ލީކުމުގެ ސަބަބުންކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. އެ ފްލައިޓުން ކުރަން އޮތްދަތުރު މިހާރު ވަނީ މިރެއަށް ޑިލޭވެފައެވެ.

ފުވައްމުލަކަށް މޯލްޑިވިއަން އިން ކުރާ ދަތުރު މެދުކެނޑުނު ނަމަވެސް ފްލައިމީގެ ފްލައިޓް ވަނީ މެންދުރުފަހު ފުވައްމުލަކުން ފުރާފައެވެ.

 ކިޔުންތެރިންގެ ޚިޔާލު