A wide advertisement which will be shown on all devices. (700 x 100)

އަސޭލާ ކަމަށް ބުނާ މީހަކު ބްރޮޑްކާސްޓިން ކޮމިޝަނުގެ ރައީސަށް ގުޅައިފި

އަސޭލާގެ އެކައުންޓްގައި އަޕްލޯޑްކޮށްފައިވާ ފޮޓޯ އަދި ސައުންޑް ކްލައުޑް

ދާދި ފަހުން އާއްމުވެގެން ދިޔަ ސްރީލަންކާގެ ސިހުރުވެރިޔާ އަސޭލާ ކަމަށް ބުނާ މީހަކު ރާއްޖޭގެ ބްރޮޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހަންމަދު ޝަހީބަށް ފޯނުން ގުޅާއިފިއެވެ.

އަސޭލާ ކަމަށް ބުނާ މީހާ ޝަހީބުއަށް ގުލައިގެން ދެއްކި ވާހަކަތަކުގެ އޯޑިއޯ ސައުންޑް ކްލައުޑުގައި މީގެ ގަޑިއެއް ހާއިރު ކުރިން ވަނީ އެސޭލާގެ ނަމުގައިވާ އެކައުންޓަކުން އަޕްލޯޑް ކޮށްފައިވެއެވެ.

40 ސިކުންތުގެ އެއޯޑިއޯގައި އެމީހަކު ބުނަނީ،  ޝަހީބުއެވެ. ތިމަންނާއަކީ އަސޭލާއެވެ. ނަމަވެސް ޝަހީބު ވިދާޅުވީ ކޮން އަސޭލާއެއް ހެއްޔެވެ؟ ދެން ބުނަނީ މިއީ ސްރީލަންކާއިން އަސޭލާ ކަމަށެވެ. ޝަހީބު ބުނުއްވީ އަސޭލާ ނުދަންނަ ކަމަށެވެ. ހަމަ އެއާއެކު އޭނާ ޝަހީބު އާއި ސުވާލުކުރީ އޭނާގެ ޑޮކިއުމެންޓްރީ ކޮންޓެންޓް ބްރޮޑްކާސްޓް ކުރުވުން ޝަހީބު ހުއްޓުވީ ކީއްވެގެން ހެއްޔެ؟

އަސޭލާ ކަމަށް ބުނާ މީހާ ކިޔާއެއްޗެއް ސާފުނުވެގެން ދެފަހަރަކު ކޮން ކޮންޓެންޓެއްހޭ ވެސް ޝަހީބު އެއްސެވިއެވެ. އޭނާ އިތުރަށް ތަފުސީލުކޮށް ދެމުން ބުނީ، އޭނާގެ ކޮންޓެންޓް ޓީވީން ދެއްކުން ހުއްޓުވަން ޝަހީބު ޕްރެސް ރިލީޒެއް ނެރުނީ ކީއްވެގެން ހެއްްޔެވެ؟

ޝަހީބު އަސޭލާ ނޭގޭ ކަމަށް ބުނެ ފޯނު ބޭއްވީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !