A wide advertisement which will be shown on all devices. (700 x 100)

ސުކޫލް ދަރިވަރުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް އާރކް އިން ހިންގަނީ

އާރކް އިން މިއަދު ފުވައްމުލަކު ސްކޫލްގައި ކުރިއަށްގެންދިޔަ ސެޝަނެއްގެ ތެރެއިން.

ފުވައްމުލަކުގެ ސުކޫލް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް އާރކް އިން ފައްޓައިފިއެވެ.

އާކްގެ އިސްއޮފިޝަލަކު ވިދާޅުވީ ފުވައްމުލަކުގެ ހަތަރު ސުކޫލަށް އަމާޒުކޮށްގެން މިއަދު ފެއްޓި ހަރަކާތްތަކަކީ “ގުރޭސް ކެމްޕެއިން” އާއި “ސާރފް ސްމާޓް”ގެ ހަރަކާތްތަކެއް ކަމަށެވެ. އެގޮތުން އެހަރަކާތްތަކުގައި އިންޓަނެޓް ހެޔޮގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި އަދި ބްލީކުރުންފަދަ ކަންތައްތަކުން ދުރުވެވޭނެ ގޮތުގެ މައުލޫމާތު ދެވޭނެކަމަށެވެ. އަދި މިހަރަކާތުގެ ތެރެއިން ބެލެނިވެރިންނަށްވެސް ހާއްސަ ކުލާސްތަކެއް ކުރިއަށް ގެންދެވޭނެކަމަށެވެ.

އާކް އިން އިތުރަށް ވިދާޅުވީ “ގުރޭސް ކެމްޕެއިން” އަމާޒުކޮށްފައިވަނީ ގުރޭޑް 10، 11 އަދި 12ގެ ދަރިވަރުންނަށް ކަމަށެވެ. “ސެލްފް މާރޗިންގ” އަމާޒުކޮށްފައިވަނީ ގުރޭޑް 6 އަދި 7 ގެ ދަރިވަރުންނަށްކަމަށެވެ. އެގޮތުން މިއަދު ފުވައްމުލަކު ސުކޫލްގައި ހަރަކާތްތަކެއް ގެންގޮސްފައިވާއިރު މިރޭ އަދި މާދަމާ ހާފިޒް އަހްމަދު ސުކޫލް އަދި ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުލާސްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާރކްއިން ކުރިންވެސް ފުވައްމުލަކުގައި މިފަދަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އާރކް އަކީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްމިއްޔާއެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !