A wide advertisement which will be shown on all devices. (700 x 100)

މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

މީރާގެ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މީރާ

މޯލްޑިވްސް އިންލަންޑް އޮތޯރިޓީ (މީރާ)ގެ ކަލެކްޝަން ސެންޓަރެއް މިއަދު ފުވައްމުލަކުގައި ހުޅުވައިފިއެވެ.

މިއަދު ފުވައްމުލަކު އަތޮޅު ކައުންސިލްގެ ކުރިމަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މީރާގެ ކަލެޝަކްޝަން ސެންޓަރު ހުޅުއްވާދެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު އެވެ. މީރާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖިހާދު ވިދާޅުވީ ފައިސާ ފޮތީގެ ދެފުއް އޮންނަ ފަދައިން ޓެކްސް ނެގުމުގައިވެސް ދެ ފަރާތެއް އޮންނަކަމަށެވެ. އެގޮތުން ޓެކްސް ނަގާފަރާތާއި ޓެކްސް ދައްކާފަރާތުގެ ގުޅުން ރަނގަޅުވާންޖެހޭނެކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަގޮތްތަކެއް ހަދަންޖެހޭނެކަމަށެވެ. އެގޮތުން މިއަދު ފުވައްމުލަކުގައި ހުޅުވޭ ކަލެކްޝަން ސެންޓަރުން މީރާއަށާއި އަދި ފުވައްމުލަކު ރައްޔިތުންނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

“މީރާ ކަލެކްޝަން ސެންޓަރ ކިޔުމުގެ ބަދަލުގައި އަޅުގަނޑު ކިޔާނީ މީރާ އޮފީހޭ، އެއީ އޮފީހެއްގެ ގޮތުގައި ހިދުމަތްދެވޭނެ ފަދަ ތަނެއް” ޖިހާދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖިހާދު އިތުރަށް ވިދާޅުވީ ފުވައްމުލަކުގެ ތަރައްގީއަށްވެސް ގިނަގުނަ މަޝްރޫއުތަކެއް ރޭވިފައި އެބަހުރިކަމަށެވެ. އަދި ދައުލަތަށް ލިބޭ ފައިސާއިން ހުރިހާ މަޝްރޫތައް ނުހިންގޭ ކަމަށާއި އެހެންކަމުން ބޭރުގެ އެހީއަށް ހޯދަންޖެހޭކަމަށެވެ. އަދި އެގޮތުން ބޭރުގެ އެހީގައި ހިންގާ މަޝްރޫއުތައް ބައެއް ފަހަރު ލަސްވެގެންދާކަމަށެވެ.

“މީގެ ދެ ދުވަސްކުރިންވެސް ފުވައްމުލަކު ބަނދަރުގެ މަރާމާތު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް އަޅުގަނޑު ސިޓީއެއްގައި ސޮއިކޮށް ފޮނުވިން ބޭރުގެ އެހީދޭ ފަރާތައް” ޖިހާދު ވިދާޅުވިއެވެ.

މީރާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވިދާޅުވީ ފުވައްމުލަކަކީ ބޮޑު ރަށެއްކަމުން މިއަދު ހުޅުވި އޮފީހުގެ ސަބަބުން ޓެކްސް ދެއްކުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިއަދުގެ ރަސްމިއްޔާތުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ފިނޭންސް އަދި މީރާގެ ބައެއް މުވައްޒަފުން ބައިވެރިވިއެވެ.

އިއްޔެ އައްޑޫގައިވެސް މީރާގެ އޮފީހެއް ހުޅުވާފައިވެއެވެ. ފުވައްމުލަކުގައި ކުރިންވެސް މީރާގެ ޑެސްކެއް ގާއިމްކޮށް ހިދުމަތް ދެމުން ގެންގޮސްފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !