A wide advertisement which will be shown on all devices. (700 x 100)

މާލެ އާއި އަތޮޅުތަކުގެ ކަރަންޓް ރޭޓް އެއްހަމަ ކުރެވޭކަށް ނެތް: މިނިސްޓަރ ތޯރިގް

މިނިސްޓަރ ތޯރިގް މިރޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ: އަތޮޅުތަކާއި މާލޭގެ ކަރަންޓް ރޭޓް ހަމަހަމައެއް ނުކުރެވޭނެ.

މާލެއާއި އަތޮޅުތަކުގައި ބޭނުުން ކުރާ ކަރަންޓަށް ދިވެހި ރައްޔިތުން ފައިސާ ދައްކަން ޖެހޭ ރޭޓް އެއްހަމައެއްގައި ބެހެއްޓޭކަށް ނެތް ކަމަށް މިނިސްޓަރު ތޯރިގު މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގައި ސަރުކާރުގެ ސިޔާސަތު ހާމަކޮށްދިނުމަށް ބޭއްވި “ރާއްޖެ މިއަދު”ގެ ހާއްސަ ޕޮރޮގްރާމުގައި، އަތޮޅުތަކާއި މާލޭގެ ކަރަންޓް ރޭޓް ތަފާތުވުމާއި ގުޅިގެން ގިނަ ރައްޔިތުން ޝަކުވާ ކުރާކަމަށް ޕްރެޒެންޓަރު ހާމަކުރެއްވުމުން، އެންވަޔަރ މިނިސްޓަރު ތޯރިގް ވިދާޅުވީ “ގްރޭޓާރ މާލެއަށް” ކަރަންޓް މިދެނީ ވަކި ކުންފުންޏެއް ކަމަށްވާ ސްޓެލްކޯއިން ކަމަށާއި އަތޮޅު ތަކަށް ކަރަންޓް މިދެނީ ފެނަކައިްނ ކަމަށެވެ. ގްރޭޓަރ މާލޭގައި ގިނަ ބަޔަކު ކަރަންޓް ބޭނުންކުރާތީ ކުޑައގެއްގައި ކަރަންޓްރޭޓް ބެހެއްޓެނީ ކަމަށެވެ. އަދި އަތޮޅުތަކުަގއި ކަރަންޓްގެ ޚިދުމަތް ދިނުމަށް އިތުރު ޚަރަދުތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގެ އިންޖީނުގެ ތަކާއި ހަމަޔަށް ތެޔޮ ގެންދިއުމަށް ވެސް އިތުރު ޚަރަދު ވާކަމަށެވެ.

އެންވަޔަރ މިނިސްޓަރު ވިދާޅުވި ވާހަކަ އިން ދޭހަވީ އަތޮޅުތަކުގައި ތިބި ދިވެހި ރައްޔިތުންނާއި “ގްރޭޓަރ މާލެ” ގެ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ތަފާތުކުރުން ނައްތާލުމަށް ސަރުކާރުގެ ވިސްނުމެއް ނެތްކަމެވެ. ރާއްޖެއަން ބޭރުން އިމްޕޯޓް ކުރާ ތެޔޮ ކޮންމެހެން މާލެ ގެންގޮސް އިތުރު ފައިދާ ލުމަށްފަހު އަތޮޅުތަކަށް ފޮނުވަންޖެހެނީ ރައްޔިތުންގެ ކުށުން ބާވައެވެ؟ ކަރަންޓާއި ބޯފެނަކީ އަސާސީ ހައްގަކަށް ވާއިރު، އަސާސީ ހައްގެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެން ޖެހެއެވެ. ސަރުކާރުގެ ދެ ކުންފުންޏަކުން ޚިދުމަތްދޭ ކަމަށް ބުނެ ތަފާތު ދެރެތަކުން ކަރަންޓްގެ ޚިދުމަތް ދިނުމަކީ ތަފާތު ކުރުމަކަށް ނުވާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟

ދާދި ފަހުން ސަރުކާރުން ވަނީ ކަރަންޓަށް ރައްޔިތުމީހާ ދައްކަންޖެހޭ މިންވަރު ބޮޑުކޮށްފައެވެ. ނަމަވެސް ކަރަންޓް އުފައްދަން ބޭނުުންކުރާ ތެލުގެ އަގު ވަނީ ވަރަށްބޮޑު ތަން ކުޑަވެފައެވެ.

މިރޭ ސަރުކާރުން ހާމަކުރައްވަން ބޭނުންވީ ކަރަންޓްގެ އަގު ހެޔޮކުރުމަށް ރައީސް ޔާމިނު ނިންމަވާފައިވާ ކަމެވެ. އަދި މިނިންމުން އައިސްފައި ވަނީ ފާއިތުވި ދެ ހަފުތާގައި ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕާއި ސަރުކާރުގެ ކެބިނެޓާއި ކަމާގުޅޭ ފަރާތްކުން ކުރި މަސައްކަތުން ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާނު ވިދާޅުވިއެވެ. އެހުރިހާ ގާބިލް ބޭފުޅުންގެ ދެ ހަފުތާގެ މަސައްކަތުން ވެސް ކަރަންޓުން އަގުހެޔޮ ކުރެވުނީ ކިހާވަރެއްކަމެއް ރައީސް ޔާމީނަށް ދަންނަވަން އެނގުނު ކަމަކަށް ނުވިއެވެ. އެއީ ތަކުރާރުކޮށް ޕްރެޒެންޓަރު އަގު ހެޔޮވީ ކިހާ ވަރެއްތޯ ސުވާލު ކުރުމުން ވެސް އެއަށް ޖަވާބެއް ނުދެވުމުންނެވެ. ސަރުކާރުގެ އިސް ދެބޭފުޅުން ވެސް ވިދާޅުވީ އަންނަ ހަފުތާގައި ރޭޓަށް ހެޔޮބަދަލެއް އަންނާނެ ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !