A wide advertisement which will be shown on all devices. (700 x 100)

އެޗްޕީވީ ވެކްސިން ޖެހުމުގެ ކެމްޕޭނެއް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންގޮސްފި

އެޗްޕީވީ ވެކްސިން ޖެހުމުން ސަވިކްސް ކެންސަރު ބަލިން ރައްކާތެރިކޮށްދޭ.

ފުވައްމުލައް ސިޓީގައި އެޗްޕީވީ (ހިއުމަން ޕެޕިލޯމާ ވައިރަސް) ވެކްސިން ޖެހުމުގެ ކެމްޕޭނެއް ފުވައްމުލަކު ހޮސްޕިޓަލުން ކުރިޔަށް ގެންގޮސްފިއެވެ. މި ކެމްޕޭނުގެ ދަށުން އެޗްޕީވީ ވެކްސިން ޖަހާފައިވަނީ އުމުރުން 10 އަހަރާއި 14 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށެވެ. މިޕްރޮގްރާމުގައި އެ އުމުރުގެ ސްކޫލް ނޫން ކުދިންނަށް ވެސް ވެކްސިން ޖަހާދިނުމަށް ހަމަޖެހިފައިވީ ކަމަށް ވެއެވެ.

ނަމަވެސް އާއްމުގޮތެއްގައި ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައި ވަނީ ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި ސްކޫލްތަކުގެ ދަރިވަރުންނަށެވެ.

އެޗްޕީވީ ވެކްސިން އަކީ އަންހެނުންގެ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށްވާ ސާވިކަލް ކެންސަރއިން ދިފާއުވުމަށް ދެވޭ ވެކްސިނެކެވެ. މީގެ އިތުރުން ޖިންސީ ގުނަވަނަށް ބަލިޖެހުމުން ސަލާމަތްވުމަށް ވެސް މިވެކްސިނުން އެހީތެރިވެދޭ ކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.

ފުވައްމުލަކުގެ ދަރިވަރުންނަށް ދީފައިވަނީ “ސާވިކްސް” ބްރޭންޑްގެ އެޗްޕީވީ ވެކްސިން ކަމަށް ފުވައްލައް ހޮސްޕިޓަލުން މައުލޫމާތު ދެއްވިއެވެ. މިވެކްސިންގެ 3 ޑޯޒް ފުރިހަމަ ކުރަން ޖެހެއެވެ. 2 ވަނަ ޑޯޒެއް ނެގޭނީ 1 މަސް ފަހުން އަދި 3 ވަނަ ޑޯޒް ނެގޭނީ އެއިގެ 6 މަސް ފަހުންނެވެ. ކޮންމެ ޑޯޒއްގައިވެސް އެކުލެވނީ 0.5 އެމްއެލް އެވެ. ވެސްކްސިން ޖަހަނީ އާއްމުކޮށް އަތުގެ މުލައްދަނޑީގެ މަތީކޮޅު މަސްގަނޑަށެވެ.

ސާވިކްސް ކެންސަރަށް ބޭނުންކުރާ “ގާޑިސިލް” ވެކްސިނަށް ވުރެ ސާރވިކްސްގެ ކާމިޔާބު ބޮޑުކަން ކްލިނިކަލް ޓެސްތްތަކުން ވަނީ ސާބިތުވެފައެވެ.

ސަވިކްސް ވެކްސިނުން ކެންސަރުން ސަލާމަތް ވުމުގެ އިތުރަށް މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ

ސާވިކްސް ބްރޭންޑްގެ މި ވެކްސިނުން ކެންސަރުން ރައްކާތެރިވުމުގެ އިތުރުން، އޭގައި އެކުލެވޭ “އޭއެސްޒީރޯފޯރ” އިން މީހާގެ ދިފާއީބާރު އިތުރަށް ވަރުގަދަ ކޮށްދެއެވެ.

ބޭސް އުފެއްދުމުގެ މަޝްހޫރު ގްލެކްސޯސްމިތުކްލިންގެ މި އުފެއްދުމުން ސާވިކްސް ކެންސަރުގެ އެންމެ އާއްމު ދެވައްތަރު ކަމަށްވާ އެޗްޕީވީ ޓައިޕް 16 އަދި 18 އިން ސަލާމަތް ކޮށްދޭނެ ކަމުގެ %70 އޮވެއެވެ. އަދި މީގެ އިތުރުން މިއާއި ގުޅޭ ކެންސަރުގެ އެހެން ބާވަތްތަކަށް ވެސް މިވެކްސިނުން ފަރުވާ ލިބިގެން ދެއެވެ.

މިއީ މިކެންސަރަށް މިހާތަނަށް ހޯދިފައިވާ އެންމެ އިތުބާރު ހުރި ފަރުވާއެވެ. މިވެކްސިން އެންމެ ފުރަތަމަ އީޖާދުކޮށްފައި ވަނީ 2007 ގައި އޮސްޓްރޭލިއާގެ ކްއީންސްލޭންޑުގައެވެ.

ރާއްޖޭގައި އެޗްޕީވީ ވެކްސިން ޖަހަނީ ހަމައެކަނި އަންހެނުންނަށް!

ދުނިޔޭގެ އެހެން ގައުމުތަކުގައި މިވެކްސިން ބޭނުންކުރާތާ މިހާރު 12 ވަރަކަށް އަހަރު ވެއްޖެއެވެ. ރާއްޖޭގައި ވެސް މަދުމަދުން ފާއިތުވި 5 އަހަރުތެރޭގައި މިވެކްސިން އަމިއްލައަށް މީިހުން ގަނެގެން ބޭނުންކުރަން ފަށާފައި ވެއެވެ. ރާއްޖޭގައި އަދި ފިރިހެނުންނަށް މިވެކްސިން ނުޖެހި ކަމުގައި ވިޔަސް ބޭރު ގައުމުތަކުގައި 10 އަހަރުން މަތީގެ ފިރިހެނުންނަށް ވެސް މިވެކްސިން ޖަހައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !