A wide advertisement which will be shown on all devices. (700 x 100)

ދެކުނުގެ ހަތަރު އަތޮޅުގެ ކުނި މެނޭޖުކުރާ ސެންޓަރު މިއަހަރުތެރޭގައި ގާއިމުކުރެވޭނެ: މިނިސްޓަރު

ފުވައްމުލަކު ކުނި މެނޭޖުކުރާ ސެންޓަރު

ދެކުނުގެ 4 އަތޮޅުގެ ކުނި މެނޭޖުކުރާ ސެންޓަރުތައް މިއަހަރުގެ ތެރޭގައި ގައިމުކުރެވިގެން ދާނެކަމަށް އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބުރާހިމް ވިދާޅުވެއްޖެއެވެ. އެގޮތުން ފުވައްމުލަކުގައި މިހާރު ގާއިމުކުރެވިފައިވާ ކުނިކޮށި އިތުރަށް ތަރައްގީކޮށް އައު އިކުއިޕްމެންޓްތައް ހޯދޭނެ ކަމަށް ވިދާޅުވިއެވެ. 

“ފުވައްމުލަކުގައި ވެސް އަޅުގަނޑުމެން މިބަލަމުންދަނީ، ފުވައްމުލަކުގައި އުފެދޭ ކުނި ޖަމާކުރާނެ ސެންޓަރު، މިހާރު ހުރި ސެންޓަރު އަޕްގުރޭޑްކޮށް އެތަނަށް އިތުރު އިކްއިޕްމެންޓާއި އެއްޗެހި ގެނެސް އެމަސައްކަތް ކުރުން” މިނިސްޓަރ ތޯރިޤް މީޑީއާއަށް ވިދާޅުވިއެވެ.  

މިނިސްޓަރު އެހެން (އިތުރު އިކްއިޕްމެންޓް އޭ) ވިދާޅުވިއިރު ކުނި މެނޭޖުކުރާ ސެންޓަރު “ކުނިކޮށި” މިކަލް ނޫހުން ބެލިބެލުމުން އެގުނީ މިހާރު އެތަނުގައި ކުނި މެނޭޖުކުރުމަށް އެއްވެސް ކަހަލަ އިކުއިޕްމެންޓެއް ނުވަތަ މެޝިނެއް ނެތް ކަމަށެވެ. އަދި ކުނިކޮށީގައި މަސައްކަތް ކުރާ މުވައްޒަފަކާއި ވާހަކަ ދައްކާލުމުން އެނގުނީ އެތަނަށް މާކުރިން ގެނައި ކުޑަކުޑަ ކުނި އަންދާ މެޝިނުގެ ބޭނުން އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭ ހިނދު އެއީ މިހާރު އެތަނުގައި ހުރި “ކުނިގަނޑެއް” ކަމަށެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީއާއި އެންވަޔަރމެންޓް މިނިސްޓްރީން ވަނީ ފުވައަމުލަކުގައި ހުރި ކުނި މެނޭޖު ކުރާ ސެންޓަރު އަޕްގްރޭޑް ކުރާނެ ބަޔަކު ހޯދުމަށް ދެފަހަރެއްގެ މަތިން އިއުލާން ވެސް ކޮށްފައިވެއެވެ. އަދި އެބިޑް ޖެނުއަރީ މަހު ހުޅުވާނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ. ނަމަވެސް އެއްވެސް މީޑީއާއަކުން އަދި އެމަސައްކަތް ބަޔަކާއި ހަވާލުކުރެވުނުކަން ނުވަތަ ނޫންކަން ވެސް ހާމަކޮށްފައެއް ނެތެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ފުވައްމުލަކުގެ ރައްޔިތަކު ބުނީ “އެހެން ބުނާތާ ކިތަންމެ ދުވައެއް ވެއްޖެ ކަމަށާއި، އަނެއްކާ ވެސް ކޮންމެވެސް އެއްޗެއް ވިދާޅުވީ ކަމަށެވެ. އިޚުލާސްތެރިކަމެއް ހުރިނަމަ މިހާރު ބުނަންވީ އެބިޑް ޕްރޮސެސް ގެވާހަކަ. އެއީ ޖެނުއަރީ މަހު ހުޅުވަން އޮތް ބިޑެއް. ދެން އަނެއްކާވެސް އެހެން ވާހަކަތަކެއް މިނިސްޓަރު ދައްކަވަންވީ އަހަރެމެން ހަނދާން ނެތިގެން ދިޔައީ ކަމަށް ހީކޮށްގެންބާ؟” އޭނާ އެކަމަށް ފާޑުކިޔަމުން ބުންޏެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުވައްމުލަކުގައި އުފެދޭ ކުނިވާ ޒާތުގެ ވޭސްޓްން ކާދު ހެދުމުގެ މަސައްކަތް ކުރުމަށް ކޮންކްރީޓް ބެޑެއް ހެދުމުގެ މަސއްކަތް ވެސް މިއަހަރު ތެރޭގައި ކުރިޔަށް ދާނެ ކަމަށެވެ. 

މިޕްރޮޖެކްޓަށް ބޭރުގެ ދެފަރާތެއްގެ އެހީ ލިބިފައިވާކަމަށާއި ދައުލަތުގެ ޕީއެސްއައިޕީގެ ދަށުންވެސް ޚަރަދުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ދެފެންވަރެއްގެ ކުނިމެނޭޖުކުރާ ސެންޓަރުތައް ގާއިމުކުރާނެ ކަމަށް ވެއެވެ. އެގޮތުން އައްޑޫގައި ގާއިމުކުރަނީ ރީޖަނަލް ފެންވަރުގެ ސެންޓަރެކެވެ. ފުވައްމުލަކާއި ގދ. އަދި ގއ. ގައި ރާއިމުކުރަނީ އަތޮޅު އަދި ރަށުފެންވަރުގެ ކުނި މެނޭޖުކުރާ ސެންޓަރުތަކެވެ. 

ގުލޭ ލިޔުން: ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ “ކުނި މެނޭޖު ކުރާ ސެންޓަރު” ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !