14 ނޮވެމްބަރ 2018 ( ބުދަ )

banner

ފުނާޑު ޔޫތު އެސޯސިއޭޝަންގެ ޓީމް

ގުރޫޕްބީގެ ފުރަތަމަ މެޗް ފުނާޑު ޔޫތު އެސޯސިއޭޝަންއަށް

އިއްޔެ ހަވީރު ކުޅުނު އަތޮޅު މުބާރާތުގެ ގުރޫޕް ބީގެ ފުރަތަމަ މެޗް ފުނާޑު ޔޫތު އެސޯސިއޭޝަން ކާމިޔާބުކޮށްފިއެވެ.
ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ފުނާޑު ޔޫތު އެސޯސިއޭޝަން 4-0 އިން ކާމިޔާބުކޮށްފައިމިވަނީ ހޯދަޑު އަވަށަށް ނިސްބަތްވާ ފުވައްމުލަކު ޔޫތު ރިލޭޝަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
އިއްޔެގެ މެޗްގައި ފުނާޑު ޔޫތު އެސޯސިއޭޝަންގެ ލަނޑުތައް ޖަހާފައިވަނީ އިސްމާއިލް މާދިހް ޖ.21 އާއި ތަހާ މުހައްމަދު ޖ.11 ދެ ގޯލް އަދި އަހްމަދު އިބްރާހިމް ޖ10 އެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފުނާޑު ޔޫތު އެސޯސިއޭޝަންގެ އިސްމާއިލް މާދިހް ޖ.21 އެވެ.
މިއަދު ކުޅޭނީ ގުރޫޕް އޭގެ މެޗެކެވެ. މިމެޗްގައި ބައްދަލުކުރާނީ ފުވައްމުލަކު ސްޕޯޓްސް ކުލަބް (ދޫނޑިގަމް) އާއި ދަނޑިމަގު ޒުވާނުންގެ ޖަމްމިއްޔާއެވެ. މިދެޓީމް މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި ކޮންމެ ޓީމަކުންވެސް ހަތް ގޯލް ޖަހާފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު