މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިކަލް ނިއުސް މައުލޫމާތު ދެއްވަމުން ބުނިގޮތުގައި ޔެލޯ އެލާޓް ނެރިފައި ވަނީ މިއަދު 09:45 އިން 13:45 އާ ހަމައަށް ލ. އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދަށެވެ.
ފުވައްމުލަކު ސަރަހައްދަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާނެ ކަމަށާއި ، މޫސުން ރަނގަޅުވާނެ ވަގުތެއް ލަފާކުރަން އަދި ދަތިކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.
ފުވައްމުލަކުގައި މިއަދު އެލައިޑް އިން ބޭއްވުމަށް ހަމަޖެހިފައިވާ ކައްޓެޅި ބޭނުމުގެ މުބާރާތްވެސް މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަށް ފަސްކޮށްފައިވެއެވެ.
ފުވައްމުލަކަށް ބޯކޮށް ވާރޭވެހެމުން ދާތީ ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ، ދުއްވާ އެއްޗެއްސަށާއި ހިނގާބިގާވެ އުޅޭ ފަރާތްތަކަށް އުދަގޫތަކާއި ކުރިމަތިވެފައިވެއެވެ.
ޚިޔާލުތައް