17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފުވައްމުލަކު ސުކޫލްގެ ކުލަބް ޖަމްމިއްޔާތައް އިފްތިތާހްކޮށްފި

ފުވައްމުލަކު ސުކޫލް (އެފްއެސް)ގެ ކުލަބް ޖަމްމިއްޔާތައް 2016 ވަނަ އަހަރަށް އިފްތިތާހްކޮށްފިއެވެ.

ފުވައްމުލަކު ސްކޫލްގައި ބޭއްވި ހާއްސަ ޖަލްސާގައި އެސްކޫލްގެ ކުލަބް ޖަމްމިއްޔާތަކާއި ޕްރިފެކްޓް ބޯޑް އިފްތިތާހްކޮށްދެއްވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހް ޝަރީފްއެވެ. މިޖަލްސާގައި ކުލަބްޖަމްމިއްޔާތަކުގެ އިސްމަގާމްތަކަށް ހޮވުނު ދަރިވަރުންނަށް ސޭޝް ހަވާލުކުރުމުގެ އިތުރުން ޕްރިފެކްޓުންނަށް ހޮވުނު ދަރިވަރުންނަށް ޕްރިފެކްޓް ޓެގާއި ޓައި ހަވާލުކުރުންވެސް އޮތެވެ. އަދި މިރަސްމިއްޔާތުގައި ޕްރިފެކްޓް ކަމަށް އަލަށް ހޮވުނު ދަރިވަރުން ޕްރިފެކްޓްކަމުގެ ހުވާކޮށްފައިވެއެވެ. ހުވާލައިދެއްވީ އެސުކޫލްގެ ކުރީގެ ގުރުއާން މުދައްރިސް މުހައްމަދު އަނީސް އެވެ.

ފުވައްމުލަކު ސުކޫލްގެ ކުލަބް ޖަމްމިއްޔާތައް އިފްތިތާހް ކުރުމުގެ ޖަލްސާގައި ކުލަބްތަކުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު އެޖަމްމިއްޔާތަކުގެ ރައީސުން ހުށަހަޅާދީފައިވަނީ ޅެމާއި ބަނދި ބޭނުންކޮށްގެންނެވެ.

ފުވައްމުލަކު ސުކޫލްގެ ކުލަބް ޖަމްމިއްޔާގެ ތެރެއިން އީއެލްއޭގެ ރައީސަކަށް ހޮވިފައިވަނީ ޒައިނާ ޖަބީން / ޒޭނާ އެވެ. ދިވެހި ޖަމްމިއްޔާ “އިސްވަރު”ގެ ރައީސަކަށް ހޮވިފައިވަނީ އިބްރާހިމް އަހްމަދު / މާނިލް އެވެ. ސައިންސް ހެލްތު އެންޑް އެންވަޔަރމަންޓް ޑިޕާޓްމަންޓްގެ ރައީސަކަށް ހޮވިފައިވަނީ ރާނީ އަހްމަދު ސައީދު / ރާޒް އެވެ. އިސްލާމިކް ފޯރަމްގެ ރައީސަކަށް ހޮވިފައިވަނީ ފާތުމަތު މައިޝާ ލިރާރު / ލިވާ އެވެ. ގޭމްސް ކެޕްޓަނަކަށް ހޮވިފައިވަނީ ނޫރު ޝާން އަލީ /ހެޕީރެސްޓް އާއި ހައްވާ ހާޝިޔާ އިބްރާހިމް / ބަޑިޔާގެ އެވެ. ހިއުމަން ރައިޓްސް އެންޑް އާޓްސް ކުލަބްގެ ރައީސަކަށް ހޮވިފައިވަނީ އާމިނަތު އީވާ އަހްމަދު / ލަކީ އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު