އެލައިޑް އިންޝުއަރެންސް އެން ފުވައްމުލަކި ބޭވީ ކައްޓެޅި ފޯރި މުބާރާތި ޗެމްޕިއަންކަން “މުށިމަސް” ޓީމް ހުވާފި.
އިއްޔެ ހަވީރެން ފެށީގެން ރެއިގެ ނިޔަލަހަ ބޭއްވީ މުބާރާތި އެންމެ ގިނައެން ކައްޓެޅި ބާގެން އެއްވަނަ ހުވީ 27 ކައްޓެޅި ބޭވީ އައްޔާގެ އަހައްމަދުގެ “މުށިމަސް” ޓީމް. ދެވަނަ ހުވީ 25 ކައްޓެޅި ބާގެން “ބާރަ ބާރަ” ޓީމް. ތިން ވަނަ ހުވީ 21 ކައްޓެޅި ބޭވީ “މަނާމް” ޓީމް.
12 ޓީމަކުން ބައިވެރިވީ މިމުބާރާތި އެއްވަނާށަގޭ ޓީމަހަ 20000 ރުފިޔާ އަދި ދެވަނާށަ ގޭ ޓީމަހަ 10000 ރުފިޔާ އަދި ތިން ވަނާށަގޭ ޓީމަހަ 5000 ރުފިޔައިގެ ފާއިސާގެ އިނާމް ރެއި ހަވާލްކެރުން އޯތީ ފުވައްމުލަކި ބަނދަރި ބޭއްވީ ހާއްސަ ރަސްމިއްޔާތެކި.
ކައްޓެޅި ފޯރި މުބާރާއްތާ އެއްކޮހޮ އިއްޔެ ހަވީރެ ބަނދަރި ސަރަހައްދެ ކުދުކޫދުންގެ ހަވީރަކިސް އެލައިޑް އެން ބާފޭވޭ.
ފުވައްމުލަކި 2011 ވަނަ އަހަރޮ ބޭއްވީ ކައްޓެޅި ބޭވުމުގެ މުބާރާތިއަސް އެއްވަނަ ހުވީ، “މުށިމަސް”ޓީމެ ކެޔޮޅު ފުވައްމުލަކި ޒަމާނީގޭ އަހްމަދު (އައްޔާގެ އަހައްމަދު).
ޚިޔާލުތައް