A wide advertisement which will be shown on all devices. (700 x 100)

މާދަރީ ބަހިގެ ދުވަހަ ފުވައްމުލަކި ސުކޫލެ ކުލަގަދަކޮހޮ ފާހަނގަކޯފީއަ

ބައިނަލް އަގޮވާމީ މާދަރީ ބަހިގެ ދުވަހަ ފާހަގަ ކެރުމުގެ ގޮތެން ފުވައްމުލަކި ސުކޫލެ ހަރަކާތްތެކައް ހިނގުވާފީއަ.

އަދޮ އެސުކޫލެ މާދަރީ ބަހިގެ ދުވަސް ފާހަނގަ ކެރުމުގެ ހަރަކާތްތެކެއި އެތެރެ އެންމެ ފެރެތާ އޯތީ މިދުވަހާއި ގުޅުވާގެން ބޭއްވީ ހާއްސަ އެސެމްބްލީ، މީގެ އިތިރެން ކުރިއެ ޒަމާނި ގޭގޭ ހިފާގިނެވޭޑުން ބައެއް އެއްތެތި ދައްކާލުމަސް ކުރިހާ ގިނެގޮހޮފޭވޭ. އަދި ހަމަ ހުށިހައި ގުރޭޑެކި ކޫދުނަސް އެސެމްބްލީއެ ދުވަހާއި ގުޅޭގޮތެން ތަފާތު ހަރަކާތްތެކެއް ކުރިހާ ގިނެގޮހޮފޭވޭ، އެގޮތެން ރަށިބަހެން ލަވަކިޔުން ބަނދި ކިޔުން ކުރިހާ ގިނެގޭއެ، އަދި ރަށިބަހެން އިޝްތިހާރޮތެއް ކިޔުމުގެ އިތިރެން ފުވައްމުލަކި މަޝްހޫރު “ރަށޮވެށި” ކިޔުމަސް ކުރިހާ ގިނެގޮހޮފޭވޭ.

މިދުވަހާޔާ ގުޅޭ ހާއްސަ އެސެމްބްލީއެ ޝަރަފްވެރި މެހުމާނަކުއީ ޏ.އަތޮޅު ތައުލީމީ މަރުކަޒު ގެ ޓީޗަރ ޝާފިއު އަލީ. ޝާފިއުގެ ވާހަކައި މިދުވަހިގެ މުހިންމުކަންމާ އަދި އަމިއްލަ ބަހަ ދިރުވާ އާލާކެރަންނަ ސުކޫލް ކޫދުން މަސައްކަތް ކޯދެންނަ އިލްތިމާސްކެރި.

“ފުވައްމުލަކި ސްކޫލަކީ ރަށިގެ ނަމަހަ ހަމައެކަނި ނިސްބަތްވޭ ސްކޫލަހަ ވެންނަހެދީ ސުކޫލެނަސް ރަށި ބަހަ ކުރިއަރޮވަންނަ މަސައްކަތް ކެރަންނަ ޖެހޭ، މިސުކޫލް ނިންމާފޭއޭ ގިނަ ކޫދުނަކީ މިރަށިގެ ބަހަށަ ފަރިތަ ކޫދުންކަން ފާހަނގަވޭ، އަދި މިސުކޫލެ ކޫދުންނަކީ ވަރަހަ ހުނަރޮވެރި ކޫދުންކަން ފާހަނގަވޭ” ޝާފިއުގެ ވާހަކައި ބެނި.

ފުވައްމުލަކި ސުކޫލް އެ ޕްރިންސިޕަލް ހަސަން ޒަރީރު ގެ ވާހަކައި އަލިއަޑޮވާލީ ރަށި ބަހެން ވާހަކަ ދެއްކުމުގެ މުހިންމުކަންމާ އަދި ރަށިބަހެން ވާހަކަދައްކާކަލް ރަށިބަހެން ކުށުނިކޭ ވާހަކަ ދައްކައްނަ ކޫދުންނަ ނަސޭހަތްތެރިވި.

ފުވައްމުލަކު ސްކޫލް އެ ފާހަނގަކެރީ މާދަރީ ބަހިގެ ދުވަހި އެސުކޫލެ ހުށިހައި ކޫދުންނާ އަދި ޓީޗަރުން ސުކޫލަހަ ގޭއީ ގައުމީ ހެދުމެއިކަން ފާހަނގަވޭ. އަދި ސުކޫލެ އެތެރެ ވާހަކަ ދައްކާފޭވެނީ މިޅިލެނަސް ރަށިބަހެންކަން ފާހަނގަވޭ. މިހަރަކާތްތެކަކީ އެސުކޫލެ ދިވެހި ޖަމްމިއްޔާ “އިސްވަރު” އެން އިސްނަގާގެން ހިންގީ ހަރަކާއްތެކެއް.

ފުވައްމަލަކި އެހެން ބައެއް ސުކޫލްތެކެއި މާދަރީ ބަހިގެ ދުވަހަ މިހަފްތާ އެތެރެ ފާހަނގަ ކެރަންނަ ހަމަޖެހީފޭވޭ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !