A wide advertisement which will be shown on all devices. (700 x 100)

އެންމެ ޒުވާން 2 ކެޕްޓަނުންނާއި ނައިބު ރައީސް ފައިސަލް ބައްދަލު ކުރައްވައިފި!

ދިވެހިރާއްޖޭގެ އެންމެ ޒުވާން ދެ ކެޕްޓަނުން ކަމުގައިވާ ފުވައްމުލަކަށް އުފަން މުހައްމަދު ޒައްފާން އާއި ގއ.ވިލިގިލި އަށް އުފަން މުހައްމަދު ސުއާދު އިބްރާހިމް އާއި ނާއިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައި، އެ ދެބޭފުޅުން ހޯއްދެވި ކަމިޔާބީއަށް މަރުހަބާ ދަންނަވައިފިއެވެ.

ދިވެހިރާއްޖޭގެ އިޤްތިސޯދުގައި އެވިއޭޝަން ދާއިރާއަކީ މުހިންމު ދައުރެއް އަދާކުރައްވާ ދާއިރާއެއް ކަމަށާއި، މި ދާއިރާއަށް ދިވެހިން އިތުރަށް ޝަގުވެރިކުރުވުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ނާއިބު ރައީސް ފައިސަލް ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ޒުވާނުންނަށް ބާރު އަޅުއްވައި ދިނުމަށް ޒައްފާން އާއި ސުއާދު ގެ އަރިހުން އެދުނެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކެޕްޓަނުންނަކީ ފްލައިޓްގެ ހުރިހާ ޒިންމާއެއް ނަގައިގެން ތިބޭ ބައެއް ކަމަށް ވީހިނދު، ކުރެވޭ އެންމެ އިހުމާލަކުން ހިތާމަވެރި ޙާދިސާއެއް ހިގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިފަދަކަން ކަމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް އެދިލެއްވިއެވެ.

ޒައްފާން އަޢި ސުއާދު އަކީވެސް އެއް އަހަރެއްގައި އުފަންވެފައިވާ 2 މީހުންނެވެ. މި އަހަރުގެ ކުރީކޮޅުގައި ސުއާދުއަށް 25 އަހަރު ފުރިފައިވާ އިރު ޒައްފާން އަށް މި އަހަރު މެދުތެރޭގައި 25 އަހަރު ފުރޭނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !