A wide advertisement which will be shown on all devices. (700 x 100)

ދަރިފަސްކޮޅާއި ތާރީޚު ކިޔައިދޭ އަލިބޭބެ ނިޔާވެއްޖެ

އަލީ ދީދީ - ނަސަބު ކިޔައިދިން އެކުވެރިއެއް

ދަރިފަސްކޮޅާއި ރާއްޖޭގެ ތާރީޚު ކިޔައިދޭ މަޝްހޫރު އަލީ ދީދީ  (ގޫފަހަވަތި އަލިބޭބޭ) ވިދުވަރުގެ/ މާދަޑު މިއަދުގެ (13 މެއި، 2019، 8 ރަމަޟާން 1440) ވަގުތެއްގައި ނިޔާވެއްޖެއެވެ. އަލިބޭބެ ނިޔާވީ ފުއްޕާމޭގެ ކެްނސަރުބަލީގައި 2 އަހަރެއްހާ ދުވަހު އުޅުއްވުމައް ފަހު އެވެ. އަލިބޭބެގެ ބަލި ކުރިން ހާމަވެފައި ނެތަސް އަލިބޭޭބެ އައީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުންނެވެ. އަލިބޭބެގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މަޣުރިބު ނަމާދަށް ފަހު މާލޭ އާސަހަރާ މިސްކިތުގައި އޮންނާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

އަލިބޭބެ ދުނިޔެ ދޫމިކުރީ އުމުރުން 63 އަހަރުގައެވެ. އަލިބޭބެ ގެ ދެއަންހެން ކުދިން ދުނިޔޭގައި އެބަތިބި ކަމަށް ވެއެވެ. އަލިބޭބެގެ މަންމައަކީ މަރިޔަމް ދިދީ، ވިދުވަރުގެ (ގޫފަހަވަތްް) މާދަޑު އެވެ. އަލިބޭބެގެ ބޭބެއަކީ ކުރިން ފުވައްމުލަކު ރައްޔިތުންގެ މަޖުލިސް މެންބަރުކަން ކުރެއްވި މުހަައްމަދު އިބުރާހިމް ދީދީ (މޮޑީ) އެވެ. އަދި އަލިބޭބޭގެ ކޮއްކޮއަކީ ފާތިމަތު ދީދީ އެވެ.

އަލީ ބޭބޭ އަކީ ވަރަށް އިޖުތިމާއީ ބޭކަލެކެވެ. އަބަދުވެސް މީހުންގެ ތެރޭގައި އުޅުމަށް އަލިބޭބެ ޝައުގުވެރިވާކަން އެނގެނީ އަލިބޭބެ އެކަނި ހުންނަތަން އެއްގޮތަކަށް ވެސް ނުފެންނާތީއެވެ. އަދި ނުދަންނަ ބަޔަކާއި ވެސް އަލިިބޭބެ ވަރަށް ފަސޭހައިން ވާހަކަދައްކައި ދެނެފަރިތަވާން މާގިނަ ވަގުތެއް ނުނަގައެވެ. މިކަން އަލިބޭބެއާއި އެކުގައި ވި ވަގުތާއި ދިމާވި ތަފާތު ތަންތަނުން ފާހަގަ ވެފައެވެ. އެއީ ރާއްޖޭގެ ކޮންމެ ހިސާބެއްގެ މީހަކަށް ވިޔަސް އަލިބޭބެ އެމީހަކު ދެނެގަންނާކަށް މާގިނަ ވާހަކައެއް ދައްކާކަށް ވެސް ނުޖެހެއެވެ.

އަލިބޭބެ ބޮޑަށް މަޝްހޫރު ވެފައިވަނީ ދޫފަރިތަކަމާއެކު ނަސަބު ކިޔައިދޭ މީހެއްގެ ގޮތުގައެވެ. އަލިބޭބެއަށް ނަސަބު ކިޔައިދޭން ނޭނގޭ މީހަކު ފުވައްމުލަކުގައި ހުރިކަމަށް ނުބެލެވެއެވެ. ފުވައްމުލަކު އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ މީހުންނާއި ރާއްޖޭގެ ޝާހީ ޚާންދާންތަކުގެ ނަސަބު ކިޔައިދޭން އަލިބޭބެ ވަރަށް ފަރިތައެވެ.

ރާއްޖެއިން ބޭރު އިންޑިއާ ޕާކިސްތާން އަދި ބަންގްލާދޭޝްގެ ވެރިންގެ (ބޭނަޒީރު ބުއްޓޫ، ޚާލިދާ ޒިޔާ، ޝޭއިޚު ހަސީނާ، މަހާތުމާ ގާންދީ ފަދަ ބޭފުޅުންގެ) ނަސަބު އައިސް ރާއްޖޭ (ރެހެންދި ޚާދީޖާ) އާއި ގުޅޭ ހިސާބު ވެސް އަލިބޭބެ ކިޔައިދެއެވެ.

ފުވައްމުލަކާއި ރާއްޖޭގެ ތާރީޚާއި ގުޅޭ ގޮތުން ގައުމީ ރޭޑިއޯ އާއި ރާއްޖޭގެ ޓީވީ ތަކަށް އަލިބޭބެ އެތައް އިންޓަވިއުއެއް ދީފައި ވެއެވެ. ފުވައްމުލަކުގެ އާސާރީ ތަންތަނުގައި ޖަހާފައިވާ ބޯޑުތަކުގެ ލިޔުންތަކުގައި ވެސް އަލިބޭބެގެ މައުލޫމާތަށް ބިނާވެފައިވާ އެތައް ބައެއް ހުރި ކަމަށް ވެއެވެ.

މީގެ އިތުރުން އަލިބޭބެ އަކީ ފުވައްމުލަކުގެ ތާރީޚު އެންމެ ބޮޑަށް ކިޔައިދޭ މިފަހުގެ މީހާއެވެ. އެގޮތުން މިކަލް ނޫހަށް އަލިބޭބެ ވަނީ ތަފާތު ގިނަ މައުލާުމާތުދީ ފުވައްމުލައްކުގެ ތާރީޚީ ގިނަ ވާހަކަ ތަކެއް ވެސް ކިޔައިދީފައެވެ. އޭގެތެރެއިން އެއްވާހަކަ އަކީ ފުވައްމުލަަގައި ވެރިކަން ކުރި އަންހެނެއް ކަމަށްވާ ދޮންސިއްތީބުގެ ވާހަކައެވެ.

މިކަލް ނޫހުން އަލިބޭބެގެ އާއިލާއަށް ތައުޒިޔާ ކިޔަމެވެ. މިއީ ފުވައްމުލަކުގެ ގިނަ ބަޔަކަށް ގެއްލިގެން ދިޔަ ގާތް އެކުވެރިއެކެވެ. ތާރީޚީ މައުލޫމާތުގެ ޚާޒާނާއެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޖިނާން

    އަލިބެ އަކީ ވަރަށް ހިތްހެޔޮ ސާދާ މީހެކެވެ. އަލިބެއާއި އަޅުގަނޑާއި އެންމެފަހުން ބައްދަލުވެ ވާހަކަ ދައްކަން ފުރުސަތު ލިބުނީ އައިޖީއެމް އެޗްގައި އަލިބެ ބަލިމީހަކަށް ގޮވާލަން ގޮސްގެން އުޅެނިކޮށެވެ. އެދުވަހު ލިބުނު ކުޑަވަގުތު ކޮޅުގައިވެސް އަލިބެ އާއި އަޅުގަނޑުމެން ދެމީހުންގެ މައުޟޫއަކަށްވެފައި އޮތީ ދިވެހި ތާރީޚާއި އާއިލާތަކުގެ ވަނަވަރުގެ ވާހަކަތަކެވެ. އަލިބެ އެދުވަހުވެސް އަޅުގަނޑަށް އަޅުގަނޑުގެ އާއިލާއިން ފުވައްމުލަކުގައި ވަޒަންވެރިވެގެން އުޅޭ މީހުންނާއި އެމީހުންނަށް ލިބިފައިވާ ދަރިންގެ އަދަދު ކިޔައިދިނެވެ. އަޅުގަނޑު އުޅެނީ އަނބިދަރިންނާއެކު އެހެން ރަށެއްގައި ކަމާއި ވަޒީފާއަދާކުރަނީވެސް އެރަށުގައިކަން އަލިބެއަށް އެނގެއެވެ. އަދި އަޅުގަނޑުގެ ދިރިއުޅޭ ރަށުގައި ރަށަށް ނިސްބަތްބާ ކިތައް މީހުން ދިރިއުޅޭތޯއާއި އެއީ ކޮންބައެއްތޯއާއި ކިތައް ކުދިން އެމީސްމީހުންގެ ތިބިތޯ އަލިބެ އޮޅުންފިލުވައި އަލިބެގެ މައުލޫމާތުގެ ހަޒާނާގައި ރައްކާކުރިއެވެ. އަދި އެދުވަހު އަލިބެ އަޅުގަނޑަށް އެހެން ޚަބަރެއްވެސް ދިނެވެ. އެއީ އަޅުގަނޑުގެ އާއިލާގެ ކުއްޖަކު ޕްރޮފެސަރު އުގައިލް އާއި ކައިވެނިކޮށްގެން އުޅޭ ކަމާއި ދަރިއަކު ހުރިކަމުގެ ޚަބަރެވެ. އަލިބެއާއި އެދުވަހު ވަކިވީ އަދިދިމާވާނެ ކަމަށްބުނެ ދެމީހުންގެ މޯބައިލް ނަންބަރު ސޭވްކޮށްގެންނެވެ. އެހެންނަމަވެސް އަލިބެއާއި އެދުވަހަށްފަހު ބައްދަލުވެ ވާހަކަދައްކާނެ ފުރުސަތެއް ނުލިބި އަލިބެ ވަކިވެއެދިޔައީއެވެ. އަލިބެގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައާށި. އާމީން

  • ޢަހުމަދު

    ޢަލިބޭބެގެ ނުހުއްނާނެ ދައްތައެއް. ޢަލިބޭބެގެ އެއްބަނޑް ތިބެނީ ބޭބެ އަކާއި ކޮއްކޮ އެއް

    • މުހައްމަދު ޝިހާބް

      ޝުކުރިއްޔާ! ރަނގަޅުކޮށްފިން