ފުވައްމުލަކު ހާފިޒް އަހްމަދު ސުކޫލް (ހޭޒް) ގެ ސްކައުޓް ޕެޓްރޯލް ލީޑަރސް ކޭމްޕް އިއްޔެ ފަށައިފިއެވެ.
ހޭޒްގެ 35 ސްކައުޓުން ބައިވެރިވާ މިކޭމްޕަކީ އެ ސުކޫލްގެ ސުކައުޓް ޕެޓްރޯލް ލީޑަރުން ތަމްރީންކުރުމަށް ބާއްވާ ކޭމްޕެކެވެ. މިކޭމްޕް ކުރިއަށް ގެންދަނީ ފުވައްމުލަކު ތުނޑީގައެވެ. ސަދަން ސްކައުޓްސް ގެ އެހީތެރިކަމާއި އެކު ކުރިއަށްގެންދާ ކޭމްޕު ނިންމާނީ މާދަމާ ހަވީރުއެވެ.
މިއީ ހާފިޒް އަހްމަދު ސުކޫލްގައި މިއަހަރު ބާއްވާ ފުރަތަމަ ކޭމްޕެވެ.
+1
+1
ޚިޔާލުތައް