16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ހޭޒް ގެ ރެއިންބޯ ޔުނިޓްގެ ފީލްޑް ޓުރިޕް

ހޭޒްގެ ރެއިންބޯ ޔުނިޓްގެ ދަރިވަރުންނަށް ފީލްޑް ޓްރިޕެއް ބާއްވައިފި

ޙާފިޒް އަޙްމަދު ސްކޫލްގެ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ “ރެއިންބޯ ޔުނިޓް” ގެ ދަރިވަރުންނަށް ފީލްޑް ޓުރިޕެއް ބާއްވައިފިއެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ހާފިޒް އަޙުމަދު ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި މި ފީލްޑް ޓުރިޕަކީ ކުލާހުގައި ދަރިވަރުންނަށް، ކިޔަވައިދޭ ޓޮޕިކް އާއި ގުޅުވައިގެން، އެ ކިޔަވައި ދެއްވި އެއްޗެހި އަމަލީގޮތުން ދަރިވަރުންނަށް ދައްކާލުމުގެ މަޤުސަދުގައި ކޮންމެ ދެ ހަފްތާއިން އެއް ހަފްތާގައި ކުރިޔަށް ގެންދާ ޓުރިޕެއް ކަމަށެވެ.

މިގޮތުން މިފަހަރުގެ މި ފީލްޑް ޓްރިޕްގައި ގޮސްފައިވަނީ ފުވައްމުލަކު ” ކަޅު އަކިރި ގަނޑަ” ށެވެ.

މި ޓުރިޕްގައި ޖުމްލަ 32 ދަރުވަރުންނާއި 5 ޓީޗަރުންގެ އިތުރުން 5 ބެލެނިވެރިން ވަނީ ބައިވެރިވެފައިވެއެވެ.

މިފަދަ ފީލްޑް ޓުރިޕްތަކަށް ރެއިންބޯ ޔުނިޓް ގައި ކިޔަވަމުންދާ ދަރިވަރުންގެ، ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ހާފިޒް އަޙްމަދު ސްކޫލުން ފާހަގަކުރައްވައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު