A wide advertisement which will be shown on all devices. (700 x 100)

އެމްޖޭއެމްގެ ރީޑިންގ ކޭމްޕް ވަރަށް ކާމިޔާބު: ޒިދުނާ

އެމްޖޭއެމްގެ ދަރިވަރުން އައްޓްޑޯރ މަސައްކަތެއްގައި. ފޮޓޯ: އެމްޖޭއެމް

އެމްޖޭއެމްގައި މިއަހަރު ބޭއްވި ރީޑިން ކޭމްޕް ވަރަށް ކާމިޔާބު ކަމަށް އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕްލް ޒިދުނާ ވަހީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު 4ން 6ށް އެސްކޫލުގައި ކުރިޔަށް ގެންދިޔަ ރީޑިން ޕްރޮގުރާމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް، ޒިދުނާ ވިދާޅުވިއެވެ.

އެމްޖޭއެމްގެ ރީޑީންް ކޭމްޕް އަމާޒު ކުރެވިފައި ވަނީ އެސްކޫލުގެ ދަރިވަރުންގެ މެދުގައި ފޮތްކިޔުމުގެ އާދަ އިތުރުކުރުމުގެ ގޮތުންނެވެ. އިއްޔެގެ ޕްރޮގްރާމުގައި އެސްކޫލުގެ ގާތްގަޑަކަށް ހުރިހާ ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މިޕްރޮގްރާމު ފެށުމުގެ ކުރިން ދަރިވަރުންނަށް ރީޑިން ކޭއްމްޕެއް ބާއްވައި ރީޑިން ޕްރޮގްރާމަށް ކުދިން އަހުލުކުރުވާފައި ވެއެވެ.

ރީޑީން ކޭމްޕްގައި ގްރޭޑް ކުުދިންނަށް 9 ސްޓޯލް އަދި ޕްރީސްކޫލް ކުދިންނަށް ޚާއްސަ 5 ސްޓޯލެއް ބަހައްޓާފައިވެއެވެ. ގްރޭޑް ކުދިން ޕްގްރާމުގައި ބައިވެރިވާ ހިސާބުން، ކިޔުމުގެ މަސައްކަތުގެ ތާވަލެއް ހަވާލުކޮށް، އަދި ކޮންމެ ސްޓޯލަކަށް ދަރިވަރުން ޒިޔާރަތްކޮށް މަސައްކަތް ފުރިހަމަ ކުރާގޮތަށް ރާވާލައިފައިވެއެވެ. ހުރިހާ މަސައްކަތެއް ފުރިހަމަ ކުރުމުން ދަރިވަރުންނަށް ހަދިޔާއަކާއި ސެޓްފިކެޓެއް އަދި ބެޖެއް ދެވުނެވެ. މީގެ އިތުރުން ޕްރިސްކޫލް ދަރިވަރުން ،އެކުދިންނަށް ޚާއްސަ ކުރެވިފައިވާ 5 ސްޓޯލުގެ މަސައްކަތުގައި ބައިވެރިވުމުން ޕާޓިސިޕޭޝަން ސެޓްފިކެޓެއް ދެވުނު ކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވިއެވެ.

“އަޅުގަޑުމެން ހުރިހާ ޓީޗަރުންނާއި ދަރިވަރުން ވެސް މިތިބީ ވަރަށް ހިތްހަމަޖެހިފައި. ބެލެނިވެރިން ދަރިވަރުން ގޮވައިގެން ސްކޫލަށް ވަޑައިގެން ދެއްވި އެއްބާރު ލެއްވުމަށް ސުކޫލްގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން” ޒިނުދާ ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިހާރު އެއް ސެޝަނަށް ކުރިޔަށް ގެންދާ ސްކޫލެކެވެ. މިހަރަކާތަށް ހުރިހާ ޚަރަދެއް ވެސް ކޮށްފައި ވަނީ ސްކޫލުގެ ބަޖެޓުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !