18 ސެޕްޓެމްބަރ 2019 ( ބުދަ )

ދޫޑިގަމާއި މާލެގަމުގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓް ނުލިބޭ

ފުވައްމުލަކަށް ދިމާވެފައިވާ ކަރަންޓް މައްސަލައިގެ ތެރޭގައި ރޭ ފަތިހު ފުވައްމުލަކުން ކަރަންޓް ކަނޑައިގެން ދިއުމަށްފަހު މިއަދު ހެދުނު ވަގުތުގައި ފުވައްމުލަކު ދޫޑިގަމް އަދި މާލެގަމް ބައެއް ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ވެސް ވަނީ ކަރަންޓް ލިބިފައެވެ. މިއަދު ހެދުނު ފެނަކަ ފުވައްމުލަކުން ބުނެފައިވަނީ ދޫޑިގަމުގެ ހައިވޮލްޓޭޖް ކޭބަލްގައި މައްސަލަ އުޅޭތީ އެސަރަހައްދުތަކަށް ކަރަންޓް ދެވޭނެ ގަޑިއެއް ބުނަން ދަތިކަމަށެވެ.

ކަރަންޓްގެ ޚިދުމަތަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްކުރިއަށްދާކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. އަދި ފުވައްމުލަކުން ކަރަންޓް ކެނޑެން ދިމާވާ މައްސަލައަކީ ކޭބަލްތަކުގެ މައްސަލަތައް ކަމަށްކަމަށާއި މިކަމަކީ ފުވައްމުލަކު ނަރުދަމާގެ މަސައްކަތްކުރިއިރު ކޭބަލްތަކަށް ލިބުނު ގެއްލުންކަމަށް ފުވައްމުލަކުގެ ބައެއް ރައްޔިތުން ތުހުމަތުކުރެއެވެ. ނަމަވެސް، މިކަމާއި ގުޅޭ ކަމާބެހޭ ފަރާތުގެ ބަހެއް ލިބޭގޮތް އަދިވަނީ ނުލިބިފައެވެ.

ނިމިދިޔަ ސަރުކާރުން ފުވައްމުލަކުގެ ކަރަންޓްގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް ބުނެފައިވީނަމަވެސް، މިސަރުކާރު ހަވާލުވުމަށްފަހު ފާއިތުވީ މަދު ދުވަސްކޮޅުގައިވެސް ކަރަންޓްގެ މައްސަލަ ވަނީ ފުވައްމުލަކަށް ދިމާވެފައެވެ.ކިޔުންތެރިންގެ ޚިޔާލު