15 ޑިސެމްބަރ 2019 ( އާދީއްތަ )

ބަންޑާރަ ކިޅީގައި ހެދިފައިވާ ލޮޓަސް ނެގުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ފުވައްމުލަކުގެ ބަންޑާރަ ކިޅީގައި ހެދިފައިވާ ލޮޓަސް ނެގުމާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން މިނިސްޓްރީ އޮފް އެންވަޔާމަންޓާއި މަޝްވަރާ ކޮށްފިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔާމަންޓްއިން ހިންގަމުން އަންނަ ފުވައްމުލަކު ނެޗާ ޕާކު ހިންގުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ. މިމަޝްވަރާގައި ނޭޗާ ޕާކު ހިންގުމަށް ހުރި ގޮންޖެހުމާއި ބެހޭ ގޮތުން ވާހަކަ ދެކެވުނެވެ.

ފުވައްމުލައް ސިޓީގެ “ބަންޑާރަ ކިޅި” ލޮޓަސް ގަހުން ފުރޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން އަންނަތާ ދުވަސްތަކެއް މިހާރު ވެއްޖެއެވެ. ކުރިން ބަނޑާރަ ކިޅީގައި ލޮޓަސް ގަހެއް ނުހުރެއެވެ. ނަމަވެސް ފަހުން ބަނޑާރަ ކިޅީން ލޮޓަސް ގަސް ފެންނަން ފެށީ، ޣާޒީމަގާއި (ރަށުގެ ހުރަސް މަގު) ވީ ކޮޅުން ހެދި ރެސްޓޯރެންޓް ހިންގި ދުވަސްވަރު އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ރެސްޓޯރެންޓް ހިންގި މީހުން އެސަރަހައްދު ރީތިކުރުމުގެ ބޭނުމުގައި އިންދައިގެން ހެއްދި ލޮޓަސް ގަސްތަކެއް ކަމަށެވެ. ފަހުން ރެސްޓޯރެންޓް ހިންގުން ހުއްޓުމުން އެލޮޓަސް ގަސްތައް ގަދަޔަށް ހެދި މުޅި ކުޅިއަށް ފެތުރިގެން ދަނީ ކަމަށެވެ.

 

 



ކިޔުންތެރިންގެ ޚިޔާލު