A wide advertisement which will be shown on all devices. (700 x 100)

ކޮންމެ ހޮނިހިރު ދުވަހަކު ދިގުވާނޑުގައި ސާފުކުރުމުގެ ޕްރޮގުރާމެއް ބާއްވަނީ

ސާފުކުރުމުގެ ޕްރޮގުރާމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަކީ ދިގުވާނޑު ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް.

މިރަށު ދިގުވާނޑު ކައުންސިލުން ސާފު ކުރުމުގެ ޕްރޮގުރާމެއް ބާއްވަން ނިންމައިފިއެވެ.

“ސާފު މުޖުތަމައެއް، އެންމެންގެ ޒިންމާއެއް” މި ޝިއާރުގެ ދަށުން ކުރިޔަށް ގެން ދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތާއި ބޭހޭގޮތުން މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން، ދިގުވާނޑު ކައުންސިލްގެ ނާއިބް ރައީސް އަލީ ޒައިދު (ޒައިޑޭ) ވިދާޅުވީ މިހަރަކާތަކީ ކޮންމެ ހޮނިހިރު ދުވަހެއްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެއްކަމަށެވެ.

“މި ޕްރޮގުރާމަކީ ދިގުވާނޑު ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމައްޓަކައި “ސާފު މުޖުތަމައެއް، އެންމެންގެ ޒިންމާއެއް” މި ޝިއާރުގެ ދަށުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު، އަވަށުގެ ކޮންމެވެސް އެއް ސަރަހައްދެއް ސާފުކުރުމައްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެއް” ޒައިޑޭ ވިދާޅުވިއެވެ. އިތުރުށް ވިދާޅުވި ގޮތުގައި ކޮންމެ ސަރަހައްދެއްވެސް ސާފުކޮށް ނިމުމުން، ކުނި ނޭޅުމަށް އެދި ބޯޑުތަކެއް އެ ސަރަހައްދުގައި ބަހައްޓާނެ ކަމަށެވެ.

މިގޮތުން މި ޕްރޮގުރާމްގެ ގެ ދަށުން މިއަދު (05 މާޗް 2016 ) ގައި ސާފު ކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންދިއަމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި އަރުފަންނު ސަރަހައްދުގައި އެވެ .

މި ޕްރޮގުރާމް ކުރިޔަށްދާނީ މި ޕްރޮގުރާމްގެ ޝިއާރު ޖެހި ޓީޝާޓް ލައިގެން ކަމަށާއި، އެހެން ކަމުން އިޖްތިމާއީ ރޫހުގައި، ވަރަށް ޖޯޝާއި އެކު މި ޕްރޮގުރާމް ކުރިޔަށް ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ދިގުވާނޑު ކައުންސިލުން ވިދާޅުވިއެވެ. މި ޕްރޮގުރާމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ދިގުވާނޑު ކައުންސިލުން އެދިލައްވައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !