18 ސެޕްޓެމްބަރ 2019 ( ބުދަ )

ފެނަކަ އާއިލީ ގުރުއާން މުބާރާތް ނިމި ވަނަވަނައަށް އައިފަރާތްތަކަށް އިނާމުދީފި

ފެނަކަ ކޯޕަރޭޝަނުގެ ފުވައްމުލަކު ބުރާންޗުން ކުރިއަށްގެންދިޔަ ފެނަކަ އާއިލީ ގުރުއާން މުބާރާތް ނިމި ވަނަވަނައަށް އައިފަރާތްތަކަށް އިނާމު ހަވާލުކޮށްދީފިއެވެ. މި މުބާރާތުގެ އެއްވަނަ އަށް އައިޝަތު ތަނާލް ރިފުއަތު ހޮވުނު އިރު ދެވަނަ އަށް ހޮވިފައިވަނީ މިޒުޔާން އިބުރާހިމް މުއީނެވެ. އަދި ތިންވަނަ އަށް ހޮވިފައިވަނީ އައިމިނަތު އައިނީ އަހުމަދެވެ. 47 ކުދިން ބައިވެރިވި މިމުބާރާތުގެ އެއްވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާ އިރު ދެވަނަ ދީފައިވަނީ 2500 ރުފިޔާގެ އެވެ. އަދި ތިންވަނައަށް 1500 ރުފިޔާއެވެ.

މިމުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައެވެ.



ކިޔުންތެރިންގެ ޚިޔާލު