18 ސެޕްޓެމްބަރ 2019 ( ބުދަ )

ސައޫދީގެ ތިން ޝޭޚަކަށް މަރުގެ ހުކުމް ރަމަޟާން މަސް ނިމުމާއިއެކު ތަންފީޒުކުރާނެ – އަލްޖަޒީރާ

ސައޫދީ އަރަބިއްޔާގެ މަޝްހޫރު ތިން ޝޭޚަކަށް މަރުގެ ހުކުމް މިހިގާ ރަމަޟާން މަސް ނިމުމާއިއެކު ތަންފީޒުކުރާނެ ކަމުގެ ރިޕޯޓުތައް ލިބޭކަމަށް އަލްޖަޒީރާއިން ހާމަކޮށްފިއެވެ. މިތިން ޝޭޚުންނަށް ވެސް ވަނީ ޓެރަރިޒަމްގެ ގިނަ ދައުވާތަކެއް ކޮށްފައެވެ. ސައުދީ އަރަބިއާގެ މަޝްހޫރު ތިން ޝޭޚެއްކަމަށްވާ ޝެއިޚް ސަލްމާން އަލް އަވުދާ އާއި އަވާދު އަލް ގަރުނީ އާއި އަލީ އަލް އޮމަރީ މިހިގާ ރަމަޟާން މަސް ނިމުމާއިއެކު އެތިން ޝޭހުންނަށް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް، ސަރުކާރުގެ އިދާރާތަކާއި ދައުވާ ލިބޭފަރާތެއްގެ އާއިލީ މެންބަރަކާއި ހަވާލާދީ މިޑްލްއީސްޓް އައި އިން މިދިޔަ އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވެއެވެ.

ބައިނަލްއަގްވާމީ ސަމާކުކަން ހޯދައިވާ މަޝްހޫރު އިލްވެރިޔާ އަލް އަވުދާ އަކީ ޔޫއެން އިން ރިފޯމިސްޓެއް ކަަމަށް ލޭބަލްކޮށްފައިވާ ފަރާތެކެވެ. އަދި އަލްގަރުނީ އަކީ ދީނީ އެކިއެކި ލިއުންތަކާއި ފޮތްތައް ނެރެފައިވާ އުސްތާޒެކެވެ. އަދި އޮމަރީ އަކީ ޕްރޮގްރާމްތައް ހުށަހަޅައިދިނުމުގައި މަޝްހޫރުކަން ހޯދައިފައިވާ ފަރާތެެވެ.

މިޑްލް އީސްޓް އައި އިން ރިޕޯޓްކުރާ ގޮތުގައި ސައޫދީ އަރަބިއްޔާއިން މިތިން ޝޭޚުންނަށް މަރުގެ ހުކުމް ކުރުމަށްފަހު ވަރަށް އަވަހަށް އެހުކުމް ތަންފީޒުކުރާނެއެވެ.

ތޭރަ މިލިއަނަށްވުރެ ގިނަ މީހުން ޓްވިޓާއިން ފޮލޯ ކުރާ އަވްދާ ސައޫދީން ހައްޔަރުކޮށްފައިވަނީ ގަތަރާއި ސައޫދީ އަރަބިއްޔާ އާއި ޖެހުނު މައްސަލައާއި ގުޅޭ ގޮތުން ޓްވީޓް ކުރެއްވިތާ މާގިނަ ވަގުތެއް ނުވަނީހެވެ.

މިތިން ޝޭހުންގެ މައްސަލާގައި ބައިނަލް އަގްވާމީ ގިނަ ފާޑުކިއުންތަކެއް ވަނީ ސައޫދީ އަރަބިއްޔާއަށް އަމާޒުވެފައެވެ. އެގޮތުން ސައޫދީ އަރަބިއްޔާއިން ޓެރަރިޒަމާއި ސަލާމަތާއި ގުޅޭ ގާނޫނުތައް، އިންސާނީ ހައްގަށް މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް ނަހަމަ ގޮތުގައި ބޭނުންކުރާތީވެ އެކަމާއި ދެކޮޅަށް މިދިޔަ އަހަރު ޖެނުއަރީ މަހުތެރޭ ޔޫއެން އިން ވަނީ ސައޫދީ އަރަބިއްޔާ ކުށްވެރިކޮށްފައެވެ.

 


ކިޔުންތެރިންގެ ޚިޔާލު