23 މެއި 2019 ( ބުރާސްފަތި )

banner

އެފްއެސްގެ ބެލެނިވެރިންތަކެއް ބެލެނިވެރިންގެ ދުވަސް ފާހަނގަކުރުމުގެ ގޮތުން ބޭއްވި ހަފްލާއެއްގައި

އެފްއެސްގެ މަސައްކަތު ދުވަހުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ

ފުވައްމުލަކު ސްކޫލް (އެފްއެސް) ގެ މަސައްކަތު ދުވަހުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ފުވައްމުލަކު ސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރު ވިދާޅުވީ މިއަދު އެސުކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ފާހަނގަކުރި މަސައްކަތު ދުވަހުން އެސުކޫލަށް 64000 ރުފިޔާ ލިބިފައިވާ ކަމަށެވެ.

” ޕީޓީއޭއިން އިސްނަގައިގެން ބެލެނިވެރިންނާއި ގުޅިގެން ބޭއްވި މަސައްކަތު ދުވަހު ލިބުނު ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ސުކޫލްގެ ކުލާސްތަކަށް ލެޕްޓޮޕް ހޯދުމަށް، މިހާރުވެސް ބައެއް ކުލާސްތަކުގައި ލެޕްޓޮޕް ނެތުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވޭ، އެހެންކަމުން އެކަންތައްތައް މިއަދު ލިބުނު ފައިސާ އިން ހައްލުވެގެންދާނެ” ޒަރީރު ވިދާޅުވިއެވެ.

ޒަރީރު އިތުރަށްވިދާޅުވީ މިއަދު އެސުކޫލްގެ ބެލެނިވެރިން ހޯދި ފައިސާއަކީ އެސުކޫލްގެ ހަޔާތުގައިވެސް މަސައްކަތު ދުވަހެއް ފާހަނގަކޮށްގެން ލިބުނު އެންމެ ގިނަ ފައިސާ ކަމަށެވެ. އެހެންކަމުން ބެލެނިވެރިންގެ މަސައްކަތަށް ޝުކުރު ދަންނަވާކަމަށެވެ.

އެފްއެސް ސުކޫލްގެ މަސައްކަތު ދުވަސް ބާއްވާފައިވަނީ މިއަދު ހެދުނު 9:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު