A wide advertisement which will be shown on all devices. (700 x 100)

ހާވާޑު ލޯސްކޫލުގެ ފާރުގައި ކީރިތި ގުރުއާނުގެ އާޔަތެއްގެ މާނަ

ދުނިޔޭގެ އެންމެ ނަން މަޝްހޫރު ލޯސްކޫލް ހާވާޑު ޔުނިވާސިޓީގެ ލޯސްކޫލުގެ ފާރުގައި ކީރިތި ގުރުއާނުގެ އާޔަތެއްގެ މާނަ ހަރުކޮށްފިއެވެ. ހާވާޑު ޔުނިވާސިޓީގެ ލޯސްކޫލުގެ ލައިބުރަރީ އަށްވަން މައި ދޮރު ކުރިމަތީ ލިޔެފައިވަނީ ކީރިތި ގުރުއާނުގެ އައްނިސާ ސޫރަތުގެ 135 ވަނަ އާތުގެ މާނައެވެ.

އެއާޔަތުގެ ދިވެހި ތަރުޖަމާގައިވަނީ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އަދުލު އިންސާފު ގާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައި ވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައި ވިޔަސް، ނުވަތަ މައިންފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށްކަމުގައި ވިޔަސްމެއެވެ. އެމީހަކީ (އެބަހީ އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަގީރަކު ކަމުގައި ވިޔަސް، ފަހެ އެދެމީހުންނަށްމެ، ﷲ އައުލާކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިކަން ދޫކޮށް އަމިއްލަ އެދުމަށް ތަބާނުވާށެވެ. އަދި ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

މިއާޔަތުގެ މާނަ ހާވާޑު ލޯސްކޫލުގެ ފާރުގައި ހިމަނައިވަނީ ގާނޫނީ ދާއިރާއިން ފާޅުކޮށްފައިވާ މަޝްހޫރު ބައެއް ފަރާތްތަކުގެ ބަސްތަކާއިއެކުގައެވެ. މިއީ ގާނޫނުން އިންސާނީ ކަރާމާތާއި ހަމަހަމަކަމާއި ނެގެހެއްޓުމަށް މުހިންމު ޓެސްޓިމޯނިއަލްތަކެއް ކަމަށް އެފެކަލްޓީގެ ޑީން ހާމަކޮށްފައިވެއެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !