A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ކައިވަނި ކުރުން އިތުރުވެ، ވަރިކުރުން ދަށަށް!

ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ލިބިފައިވާ ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމަކީ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހިރާއްޖެއެވެ.

އެހެންނަމަވެސް އެއް ދުވަހުން އަނެއް ދުވަހަށް ރާއްޖޭގައި ވަރިކުރުމުގެ ނިސްބަތް މަޑު މަޑުން ދަށްވަމުންދާކަން ފާހަގަ ކުރެވެއެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލައިލި ކުމުގައިވިޔަސް އެކަން ފެނިގެން އެބަދެއެވެ. 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ ކޯޓުން 160 ކައިވެނި ކޮއްދީފައިވެއެވެ.އަދި ވަރީގެ 89 މައްސަލައެއް އެ ކޯޓަށް ވަނީ ހުށައަޅާފައި އެވެ.

ފުވައްމުލަކުގައި މިދިޔަ އަހަރު ވަރިކުރި އަދަދު ކުރި ކައިވެނި އާއި އަޅާ ބަލާއިރު މަދުކަމުގައި ވިޔަސް މިއަދަދު މިއަށްވުރެވެސް ދަށްކުރުމަކީ، ދުޅަހެޔޮ މުޖްތަމައުއަކަށް ވަރަށް ބޭނުންތެރި ކަމަމެކެވެ.

ރާއްޖޭގައި ވަރިކުރުމުގެ ރޭޓް އިތުރުވަމުންދަނީ ގުދުރަތީ ގޮތުން ވަކި ވަކި ރަށްތަކެއް ގެ މައްޗަށް ރާއްޖެ އުފެދިފައިވަތީ،އަންނަ ގޮންޖެހުންތަކާއި، ލިބޭ އަމްދަނީ އިން ދިރިއުޅުމުގެ ކަންތަށް ހަމަނުޖެހުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ފުވައްމުލަކާއި އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ވަރިކުރުމަށް މެދުވެރިވާ މިފަދަ ސަބަބުތަށް ހޯދާ އެކަންތަށް ހައްލުކުރުމަށް ރަށު ފެންވަރުން ފެށިގެން ގޮސް ގައުމީ ފެންވަރުގައި، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގުރާމްތައް ހިންގަން އެބަޖެހެއެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !