23 މެއި 2019 ( ބުރާސްފަތި )

banner

މިއަދު ފޭސްބުކް އިން ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަނގަ ކުރުމަށް ޝެއަރ ކުރި ކުރެހުމެއް.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް، މާޗް 8

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަނގަކުރާ ދުނިޔޭގެ އަންހެންނެގ ދުވަހެވެ. މާރޗް 8 ވަނަ ދުވަސް ފާހަނގަ ކުރަނީ އަންހެނުންގެ ހާލަތު ކުރިއެރުވުމަށް މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައި ޚާއްސަ ވެގެންނެވެ. އިންސާނީ ދަރިފަސްކޮޅުގެ ދެބައިކުޅަ އެއްބައި ކަމުގައިވާ އަންހެނުންގެ ދުވަސް ރާއްޖޭގައި ވެސް އަންނަނީ އެކި ސިފަސިފާގައި ފާހަނގަ ކުރަމުންނެވެ. 

މިއަހަރު، 2016 ވަނަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަނގަ ކުރުމަށް ތައްޔާރުވެފައިވާ އިރު ދުނިޔޭގެ ފެންވަރުގައި މިދުވަސް މިފަހަރު ކުރިމަތިލީ އުފާވެރި ނޫން ޚަބަރަކާއެކުއެވެ. އެއީ ކުރިން ލަފާ ކުރެވިފައިވާ ހަލުއި މިނުގައި އަންހެނުންނާއި ފިރިހެނުން އެއްސަފަކަށް ގެނައުމަށް ކުރެވެމުން ދިޔަ ގިނަ މަސައްކަތްތަކަކަށް ބުރަހެލިކަން ކުރިމަތިވެ، ކުރިއެރުމުގެ ސްޕީޑް ދަށްވެފައި ވާކަމުގެ ޚަބަރުންނެވެ.

ކުރިން 2014 ވަނަ އަހަރުގެ “ވޯލްޑް އިކޮނޮމިކް ފޯރަމް”ގައި ބެލިފައި އޮތީ 2095 ވަނަ އަހަރު އަންނަންވާ އިރަށް، މުޖުތަމިއުން އަންހެނުންނަށް ދެވިފައިވާ ޖާގަ ފިރިހެނުންނާއި ހަމަހަމަ ކުރެވޭނެ ކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ހޯދުންތަކުން މިހާރު ލަފާ ކުރެވިފައި ވަނީ 2133 ވަނަ އަހަރު ނޫނީ މިތަފާތު އެއް ހަމަޔަކަށް ނުގެނެވޭނެ ކަމަށެވެ. 

ވުމާއެކު މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު ފިރިހެނުންނާއި ގުޅިގެން ދެޖިންސްގެ ތަފާތު ކުޑަކުރުމަށް ކަންތައްތަކެއް ކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ “ޖިންސީ ތަފާތު ކުޑަކުރުމަށް ވައުދު ވަން” އެވެ.

މިޝިއާރުގެ ދަށުން ޖިންސީ ތަފާތުކުރުން ކުޑަކުރުމަށް ކޮންމެ މީހަކަށް ވެސް ވައުދުތަކެއް ވުމަށް ހަވީ ހުޅުވާލާފައެވެ.

އަހަރެން ވައުދު ވަނީ…

އަންހެނުންނާއި އަންހެން ކުދިން އެދޭ ކަންތައްތައް ހާސިލުކުރުމަށް އެހީތެރިވާން.

އެނގުމާއި ނޭގުމުގައި ކުރެވޭ ތަފާތުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް.

ބަސްކިޔޭ އިސް މަގާމުތަކުގައި ދެޖިންސް ހަމަހަމަކުރުމަށް ގޮވާލަން.

އަންހެނުންނާއި ފިރިހެނުންގެ މަސައްކަތް އެއްހަމައަކުން ވަޒަންކުރުމަށް.

އެންމެން ބައިވެރިކުރާ ފެހެލި ސަގާފަތެއް ބިނާކުރުމަށް.

މިއާއކު ބައިނަލް އަގުވާމީ ފިރިހެނުންގެ ދުވަހެއް ވެސް ފާހަނގަ ކުރާ ކަން ހަނދާން ކޮށްދެމެވެ. އާދެ ބައިނަލް އަގުވާ މިގޮތުން ފާހަނގަކުރާ ފިރިހެނުންގެ ދުވަހަކީ 19 ނޮވެމްބަރު އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު