A wide advertisement which will be shown on all devices. (700 x 100)

އިންސާނުންނަށް ނުރައްކާތެރި ކެމިކަލެއް އެކުލެވޭ ޖެނޭޓަރު ފުވައްމުލަކު އިންޖީނުގޭގައި

އިންސާނުންނަށާއި ތިމާވެއްޓަށް ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޕޮލީކްލޮރިނޭޓެޑް ބައިފީނައިލްސް (ޕީސީބީ) އެކުލެވޭ ޓްރާންސްފޯމަރުތަކެއް ފުވައްމުލަކާއި އައްޑޫގައި ހުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އައްޑޫ ސިޓީ ކައުންސިލާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން މިއީ 1989 ވަނަ އަހަރުގެ ކުރީގެ ޖެނެރޭޓަރު ތަކެކެވެ. އަދި މިޖެނެރޭޓައް ނައްތާލުމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނީޑޯ) ގުޅިގެން ނެޝަނަލް މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެމަސައްކަތުގެ ތެރޭގައި އެފަދަ ޖަނެރޭޓަރުތައް ހުރިތަންތަން ބެލުމާއި އެތަކެތި ރާއްޖެއިން ބޭރަށް ގެންގޮސް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ނައްތާލާނެ ގޮތުގެ ޕްލޭން އެކުލަވާލުން ހިމެނެއެވެ.

ޕީސީބީ އަކީ ކެންސަރާއި އަދި ތަފާތު ނުރައްކާތެރި ބަލިތަކަށް ކުރިމަތިކުރުވާ އެއްޗެކެވެ. މިހާރު ދުނިޔޭގެ ޤައުމުތަކުގައި ޕީސީބީ ބޭނުންކުރުން ހުއްޓާލާފައިވީ ނަމަވެސް މިކެމިކަލަކީ އޭގެ އަސަރު ޒަމާންތަކަށް ދެމިގެންދާ އެއްޗެކެވެ. ކެންސަރަށް މަގުފަހިވާ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޕީސީބީ ހިމެނޭ ތެލަކީ ޓްރާންސްފޯމަރުތަކުގައި ކުރިން ބޭނުން ކުރަމުން އައި އެއްޗެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢަހުމަދު

    ސުރުޚީ އިސްލާހު ކޮށްދެއްވުން ވ.މުހިއްމު!