A wide advertisement which will be shown on all devices. (700 x 100)

މަޙަލްދީބް ފުވައްމުލަކު މެޑިކަލް ގައި ސްޕެޝަލިސްޓް ޑޮކްޓަރުންތަކެއް ބަލިމީހުން ބަލަނީ

މަޙަލްދީބް ފުވައްމުލަކު މެޑިކަލް ކުލިނިކް

ފުވައްމުލަކު ޕުރައިވެޓް ކުލިނިކެއް ކަމުގައިވާ “މަޙަލްދީބް ފުވައްމުލަކު މެޑިކަލް” ކުލިނިކްގައި ސްޕެޝަލިސްޓް ޑޮކްޓަރުންތަކެއް ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުލިނިކުން ހާމަކޮށްފިއެވެ

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން މަޙަލްދީބް ފުވައްމުލަކު މެޑިކަލް” ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ، އެ ކުލިނިކުގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ، ހިތުގެ ޚާއްސަ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒު އަހްމަދު އާއި ކަށީގެ ޚާއްސަ ޑޮކްޓަރު ޑރ.ޖ.ޓ.ރާއޯ ގެ އިތުރުން ނާރުގެ ޚާއްސަ ޑޮކްޓަރު ޑރ.އަހްމަދު ރަޝީދު ކަމަށެވެ.

ހިތުގެ ޚާއްސަ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒު އަހްމަދު ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ މި މާރޗް މަހުގެ 12 އިން 13 އިގެ ނިޔަލަށެވެ. ކަށީގެ ޚާއްސަ ޑޮކްޓަރު ޑރ.ޖ.ޓ.ރާއޯ ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ މާރޗް 25 އިން26 ގެ ނިޔަލަށެވެ. އަދި ނާރުގެ ޙާއްސަ ޑޮކްޓަރު ޑރ.އަހްމަދުރަޝީދު ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 8 ކުން 9 އެއްގެ ނިޔަލަށް ކަމަށް އެ ކުލިނިކުން ހާމަކުރައްވައެވެ.

މި ޙާއްސާ ޑޮކްޓަރުންނަށް ދެއްކުމަށް، ނަން ނޯޓްކުރުމަށް ބޭނުންވާ ފަރާތްތަކުން 6860951، އަދި 6860656 އަކަށް ގުޅުއްވައިގެން ނަން ނޯޓް ކުރެވޭނެކަމަށް “މަޙަލްދީބް ފުވައްމުލަކު މެޑިކަލް” އިން މައުލޫމާތު ދެއްވައެވެ.

މަޙަލްދީބް ފުވައްމުލަކު މެޑިކަލް އަކީ ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ސިއްޙީ ހިދުމަތް ދެމުން އަންނަ ކުލިނިކެކެވެ. އަދި ވަރަށް އަވަހަށް މި ކުލިނިކުގައި ފިޒިޔޯތަރަޕީ އާއި ލެބޯޓްރީގެ ހިދުމަތް ފެށިގެން ދާނެކަމަށް އެ ކުލިނިކުން މައުލޫމާތު ދެއްވައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !