12 ނޮވެމްބަރ 2019 ( އަންގާރަ )

banner

އެރ

ފުވައްމުލަކު ސިޓީގައި ތައިޗީ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ވޯކްޝޮޕެއް ބާއްވަނީ

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ފަރާތުން ފުވައްމުލަކު ގައި ތައިޗީ ޓްރެއިނަރުން ތަމްރީން ކުރުމުގެ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ. ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖޫން 27 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ. ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕްގައި އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިންނަށް ޗައިނާގައި އެޑްވާންސް ލެވެލް ކޯސް ފުރިހަމަ ކުރުމަށް ފުރުސަތު ދެވިގެންދާނެ ކަމަށް ސީއެމްސީއޭއިން ބުނެއެވެ. މިއީ ހިލޭ ބައިވެރިވެވޭ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ކިޔަވައި ދެއްވަވާނީ ސީއެމްސީއޭގެ ތައިޗީ މާސްޓަރ އަޙްމަދު ތޮލާލެވެ. ތައިޗީއަކީ ޔޯގާގައި ކުރިއަށް ގެންދާ ފަދަ ކަސްރަތު ހަރަކާތްތަކެއް ދަސްކޮށްދިނުމުގެ އިތުރުން ސެލްފް ޑިފެންސް ހަރަކާތްތަކެއް ވެސް ހިމެނޭ ޚާއްޞަ ކަސްރަތެކެވެ. ތައިޗީ ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9686555 މި ނަމްބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.


ކިޔުންތެރިންގެ ޚިޔާލު