A wide advertisement which will be shown on all devices. (700 x 100)

އަދުލު އިންސާފު ރައްޔިތުންނާއި ހަމަޔަށް ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން -އެމްޕީން

ފުވައްމަލަކު ދެކުނު ދާއިރާގެ އެމްޕީ މުމްތާޒު އާއި މެދު ދާއިރާގެ އެމްޕީ ހުސޭން މުހައްމަދު ދީދީ

އަދުލު އިންސާފު ރައްޔިތުންނާއި ހަމަޔަށް ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ފަސްނުޖެހޭނެ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ގާނޫނު ހަދާ މަޖުލީހުގެ މެންބަރު ހުސޭން މުހައްމަދު ދީދީ އާއި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ހާމަކުރައްވައިފިއެވެ.

ގާނޫނު އަސާސީން ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އައްޔަންކުރެވިފައިވާ ޖުޑިޝަލް ސާރވިސް ކޮމިޝަނުން ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ސަސްޕެންޑު ކުރުމުން އެކަން ނަފީކޮށް ސުޕުރީމް ކޯޓުން އަމުރު ނެރުމާއި ގުޅިގެން ފުވައްމުލަކުގެ ދެ އެމްޕީން އެކަމުގެ ކަންބޮޑުވުން ހާމަކުރައްވަމުން ވިދާޅުވެފައިވެއެވެ.

އަދުލުއިންސާފު ގާއިމުކުރުމުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނާއި ހިއްސާކުރުމަށް އެމްޕީ ހުސޭން އާއި އެމްޕީ މުމްތާޒު ޓުވީޓް ކުރައްވައި ވިދާޅުވެފައި ވަނީ ރައްޔިތުންތުން އެދޭ އަދުލު އިންސާފު ގާއިމުކުރުމުގައި ކުރެވެން އޮތް ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.

“އެސްސީ (ސުޕްރީމް ކޯޓު) އިން ކިތަންމެ ޚުދު މުޚުތާރު ވާން އުޅުނަސް މިގައުމަށް އަދުލު އިންސާފުގެ ފޮނި މީރުކަން ލިބުމުގެ އުއްމީދުކުރާ ރައްޔިތުންނަށް އެމަގު ފަހިކޮށް ދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކުރާނަން” އެމްޕީ ހުސޭން މުހައްމަދު ވިދާޅުވިއެވެ.

“އަދުލު އިންސާފު ގާއިމު ކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން. ދިމާވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލާނަން. ގާނޫނު އަސާސީގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބާގައެވެ.” އެމްޕީ މުމްތާޒު ވިދާޅުވިއެވެ.

ފުވައްމަލަކު ދެކުނު ދާއިރާގެ މަޖުލިސް މެމްބަރު މުހައްމަދު މުމްތާޒުގެ ޓުވީޓް

ސުޕްރީމް ކޯޓުން ނެރޭ ބައެއް އަމުރުތަކާއި ހެދި އާއްމު ރައްޔިތުންގެ މެދުގައި އެކޯޓުގެ އިތުބާރު ކުޑަވެ، ނުރުހުންތެރިކަން އުފެދެން ވަނީ ފަށާފައެވެ. އެގޮތުން އެކޯޓުގެ ބައެއް އަމުރުތަށް ނެރުމަށްފަހު ގެންނަ ބަދަލުތަކާއި އަދި އަމުރު ނެރުމަށް ފަހު ހަމައެ އަމުރު އިސްލާހުކުުރުމާއި ބައެއްފަހަރު އެއްކޮށް އުވާލުމުގެ އަމަލުތަކާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ކުޑަވަނީ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކީ މީހަކު ހާމަކުރިއެވެ.

ޖޭއެސްސީގެ ވަގުތީ ސަސްޕެންޝަނާއި ދެކޮޅަށް ސުޕުރީމް ކޯޓުގެ ފަނޑިިޔާރެއްގެ މަސްލަހަތު ހިމެނޭ ކަމެއްގައި އަމަލުކުރި ގޮތުން ގާނޫނު ހަދާ މަޖުލީހުގެ ގިނަ މެމްބަރުންތަކެއް އަންނަނީ އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅާންޖެހޭ ކަމަށް ބުނަންނެވެ.

ބައެއް އާއްމުން ވަނީ ސޯޝަލް މީޑިއަގައި އެފަދަ މެންބަރުންނަށް ހިތްވަރުދީ ޝުކުރު ވެސް އަދާކޮށްފައެވެ. އެގޮތުން އެކަކު ބުނެފައި ވަނީ:

“ޝުކުރިއްޔާ ހުސޭން މުހައްމަދު. ސުޕުރީމް ކޯޓު އެއްކޮށް ދޮވެ ސާފުކުރަން ޖެހޭކަން ދިވެހިރައްޔިތުން ބޮޑު ޕަސެންޓުން ވަނީ ބުނެފައި” ކެތްރީނާ ޖޯން ކީލްގެ ނަމުގައި ޓުވީޓުކޮށްފައި ވެއެވެ.

ސުޕުރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކުރަމުން، ރައްޔިތުންގެ ވޯޓު ޔަގީން ކުރަން ވެސް ސުޕްރީމް ކޯޓު! އޭނާ އިތުރަށް ބުނެފައިއެވެ. އޭނާ މިއަމާޒުކުރީ ރާއްޖޭގައި ފަހުގައި ނަގާ މުހިންމު ގިނަ ވޯޓުތަކެއްގައި ސުޕްރީމް ކޯޓުގެ ބަހަށް ދީލާލަން ޖެހިފައިވާތީ ކަަމަށް ބެލެވެއެވެ.

“ކިތަންމެ ސުޕުރީމް (މަތީ، މާތް) ގެއެއް ވިޔަސް އެގޭގެ ވެރިން ނިކުންނަން އެންގީމަ ޖެހޭނީ ނިކުންނަން. އެ އޮންނަ އުސޫލުތަކުގެ ތެރެއިން ނެރޭނެ. ގަދަކޮށްފައި ނުތިބެވޭނެ” އެމްޕީ ހުސޭން ފަނޑިޔާރުގެ ސާފުކުރާނެކަމުގެ އިތުބާރު ރައްޔިތުންނަށް ދިނުމުގެ ގޮތުން އިތުރަށް ހާމަކޮށްފައި ވެއެވެ.

ފުވައްމަލަކު މެދު ދާއިރާގެ މަޖުލިސް މެމްބަރު ހުސޭން މުހައްމަދު ދީދީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރުކޮށްގެން ވެސް މިގައުމަށް އަދުލު އިންސާފުގެ މަގަށް ގެންނާނެކަމަށް މިހާރު ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެމްޕޭނާއި މަޖުލިސް ކެމްޕޭނުގައި ވަނީ ތަކުރާރުކޮށްފައެވެ. އެއާއެކު އެމްޑީޕީއަށް އެދެއިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނުން ހާމަކޮށްދެނީ އަދުލު އިސްނާފު ގާއިމުކުރުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން (2008 ގެ) ވެއްޓުމުގައި ވެސް އޭރުގެ ފަނޑިޔާރުގެއިން ސަރުކާރާއި ދެކޮޅަށް ގިނަ ކަންތައްތަކެއް ހިންގިކަމަށް އެމްޑީޕީއިން ދިޔައީ ބުނަމުންނެވެ.

ރައްޔިތުން ބޮޑު އަޣުލަބިއްޔަތެއް ދީގެން ކުރާ އެންމެ ބޮޑު އުއްމީދަކީ ރާއްޖޭގެ ޝަރުއީދާއިރާއަށް ރައްޔިތުން އިތުބާރު އަލުން ހޯދާދިނުމެވެ. އެކަމަށް ހުރަހަކަށް ހުރި ކޮންމެ ކަމެއް ގިރާކުރުމަށް ބޭނުންވާ މަޖުލީހުގެ އަޣުލަބިއްޔަތު ރައްޔިތުންވަނީ ރައްޔިތުންގެ ގެ( ރައްޔިތުންގެ މަޖުލިސް) އަށް ދީފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !