A wide advertisement which will be shown on all devices. (700 x 100)

ރޭ ދަންވަރު ހޯދަޑު ގުރޫޕަކާއި މިސްކިތްމަގު ގުރުޕަކުން މާރާމާރީ ހިންގައި ޒުވާނަކު ޒަކަމްކޮށްލައިފި

ހޯދަޑު ނީލޯފަރު މަގު

ރޭ ދަންވަރު ހޯދަޑާއި މިސްކިތްމަގު އަވަށުގެ ދެ ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދި ޒަޚަމްކޮށްލައިފިއެވެ. މިމާރާމަރީ ހިންގާފައި ވަނީ ހޯދަޑު އަވަށު މަނާގޭ ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ އޮފިޝަލް މީޑިއާއަށް ހާމަކުރައްވާފައިވާ ގޮތުން ރޭ ދަންވަރު 3 ޖަހާކަށް ހާއިރު ދެ ގުރޫޕަކުން މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާދީގެން ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައިވެއެވެ.

މި މާރާމާރީގައި ޒަޚަމްވި 32 އަހަރުގެ އެ ޒުވާނާއަށް ސީިރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ވެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ވަކަން އެގޭކަށް ނެތެވެ.

ގްރޫޕް މާރާމާރީގެ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.

ހޯދަޑު އަވަށާއި ކޮންމެވެސް އަވަށަކާއި ދެމެދު ވަރަށްގިނަ ފަހަރު މާރާމާރީ ހިންގައެވެ. އެގޮތުން ކުރިން އެންމެ ގިނައިން މާރާމާރީ ހިނގާފައި ވަނީ ހޯދަޑު އަވަށުގެ ގުރޫޕު ތަކާއި ދޫނޑިގަން އަވަށުގެ ގުރޫޕުތަކުގެ މެދުގައެވެ. ނަމަވެސް ދާދި ފަހުން ވަނީ ހޯދަޑު އަވަށުގެ ޒުވާން ގުރާޕަކާއި މާދަޑުއަވަށުގެ ޒުވާން ގުރޫޕެއްގެ މެދުގައިވެސް މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާ ދީފައި ވެއެވެ.  މިފަހަރު މިއައީ ހޯދަދުގެ ގުރޫޕަކާއި މިސްކިތްމަގު އަވަށުގެ ގުރޫޕެއްގެ މާރާމާރީއެކެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !